މަސައްކަތް
ނަންބަރު: MNU-CL/2018/004
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 23 ޑިސެންބަރު 2018 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓްރަލް ލައިބްރަރީގެ ވީ.އާރު.ވީ ސިސްޓަމްގެ މައްސަލަ ހައްލުކުރުން

ޢިއުލާން

 

         ސެންޓްރަލް ލައިބްރަރީގައި ބޭނުންކުރަމުންދާ ވީ.އާރު.ވީ ސިސްޓަމުގެ 1 އައުޓްޑޯރ  ސެޓަށް (3 ޔުނިޓު)  ދިމާވެފައިވާ މައްސަލަ ދެނެގަނެ ހައްލުކޮށްދީ ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް އެދި ލައްވާ ފަރާތްތަކުން 17 ޑިސެމްބަރ 2018 ވާ ހޯމަދުވަހުން ފެށިގެން 22 ޑިސެމްބަރ 2018 އަށް ލައިބްރަރީ އަށް ވަޑައިގެން ސިސްޓަމް ބައްލަވާ ދިމާވެފައިވާ މައްސަލަ ދެނެގަނެ މައްސަލަ ހައްލުކޮށްދެވޭނެ ފަރާތްތަކުން 23 ޑިސެމްބަރ 2018 ވަނަ ދުވަހު 10.00 އަށް އެސްޓިމެޓު ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓު ހުށަހަޅާއިރު މަސައްކަތް ނިމޭނެ މުއްދަތު ބަޔާންކޮށްފަ އިންނަންވާނެ އެވެ.

17 ޑިސެންބަރު 2018