މަސައްކަތް
ނަންބަރު: GS121/IUL/2018/28
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 24 ޑިސެންބަރު 2018 11:00
ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު ފެށެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތު

`

ރަސްގެތީމް ސްކޫލް

ރ.ރަސްގެތީމް                                           ނަމްބަރު: GS121/IUL/2018/28

                                              ތާރީޚު: 10 ޑިސެންބަރ 2018

އިޢުލާން

2019 ވަނަ އަހަރު ފެށެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތު

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮންދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެވެ.

  1. ކުލާސްރޫމް ތަކުގެ ކުޑަ ދޮރުފަތް، ބޮޑުދޮރު އަދި ބައެއް ކުލާސް ރޫމްތަކުގެ ސީލިންގ މަރަމާތުކުރުން
  2. ދަރިވަރުން ބޭނުންކުރަމުންދާ ފާހަނާތަކުގެ ދޮރުފަތްތައް ބަދަލުކުރުން
  3. ކުލާސްރޫމްތަކުގައި ކުލަލުން
  4. ހޯލްގެ ޕާޓިޝަން މަރާމާތުކުރުން
  5. ކުލާސްރޫމްތަކުގައި ރެދުލާ އަދި ކޮރިޑޯގައި ކަނޑައިގެން ގޮސް ހުރި ތަންތަނުގެ ސިމެންތި ކޮށުމަށްފަހު އަލުން ސިމެންތި ޖެހުން

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

2018 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ދިނުން

2018 ޑިސެމްބަރ 24 ވާ ހޯމަ ދުވަހުގެ 11:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލްގަ އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        

10 ޑިސެންބަރ 2018

10 ޑިސެންބަރު 2018