ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-M/10/2018/108
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 21:55
ސުންގަޑި: 12 ޑިސެންބަރު 2018 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމާއި، އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

                                                     ނަންބަރ: (IUL)10-M/10/2018/108

 

                      އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމާއި، އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށާއި، އޮބްޒާވަރުންގެ ގޮތުގައި އާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކުރުން 2018 ޑިސެމްބަރު  10 ،11 ،12 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން  މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.  ރަޖިސްޓްރީކުރުމަށް ހުށަހަޅާފޯމް މިމިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv ގެ ޑައުންލޯޑް ކުރެވޭނެއެވެ. 

ރަޖިސްޓްރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ ފަރާތް ނުވަތަ މީޑިއާ އެނގޭނެގޮތުގެ ލިޔުމެއް ގެންނަންވާނެއެވެ. އަދި މީގެއިތުރުން އެއިދާރާއަކުންވެސް އޮބްޒާވަރެއްގެ ގޮތުގައި ކަނޑައަޅުއްވާ ބޭފުޅެއްގެ ފުރިހަމަ މަޢުލޫމާތާއި އައިޑީކާޑްގެ ކޮޕީއެއް ހުށަހެޅުއްވުމުންވެސް ރަޖިސްޓްރީކޮށްދެވޭނެއެވެ.

 ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                    01 ރަބީޢުލްއާޚިރު 1440

                    08 ޑިސެންބަރު  2018

 

08 ޑިސެންބަރު 2018