ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-FA(B)/1/2018/56
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 10 ޑިސެންބަރު 2018 10:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ފޮޓޯކޮޕީ މެޝިން ގެނެސްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް 2 ފޮޓޯކޮޕީ މެޝިން ގެނެސްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބޭނުމަށް 2 ފޮޓޯކޮޕީ މެޝިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް 27 ނޮވެންބަރު 2018ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-FA(B)/1/2018/54) އިޢުލާނާ ގުޅިގެން، އެސްޓިމޭޓް ހުށަހެޅުމަށް 3 ފަރާތުން ޙާޟިރު ވެފައިނުވާތީ،  އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، ފޮޓޯކޮޕީ މެޝިން ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 ޑިސެންބަރު 10 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2018 ޑިސެންބަރު 12 ވާ ބުދަ ދުވަހުގެ 10:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 28 ރަބީޢުލްޢައްވަލް 1440

 

06 ޑިސެންބަރު 2018