ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2018/74
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 21:24
ސުންގަޑި: 10 ޑިސެންބަރު 2018 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެހިކުރި ކިޔާ ގޯތީގެ އިރުމަތީގައި ހުރި ރުއްގަސް ނެގުމާއި ބެހޭ

ކުޅުދުއްފުށީ އެއާރޕޯޓްގައި ފެންސް ޖެހުމަށްޓަކައި ފެހިކުރި ކިޔާ ގޯތީގެ އިރުމަތީ ހުރި ރުއްގަސް ނަގަން ބޭނުންވާތީ، އެސަރަހައްދުގައި ހުރި ރުއް ގަހުގައި މިއިދާރާއިން ވާނީ ރަތް ކުލަ ސްޕްރޭއިން ނަންބަރ ޖަހާފައެވެ.

މިދެންނެވުނު ސަރަހައްދުގައި ނަންބަރު ޖަހާފައިވާ ރުއް/ގަހުގެ ވެރިން އެކަން މިއިދާރާއަށް 10 ޑިސެމްބަރ 2018 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ތަފްޞީލް ހުށަހަޅުއްވާނީ އެކަމަށްޓަކައި މިއިދާރާއިން ތައްޔާރު ކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށެވެ. އަދި މިދެންނެވުނު ސަރަހައްދުގައި ނަންބަރު ޖެހިފައިނުވާ ރުއް/ ގަސް ހުރިނަމަ އެކަންވެސް އެންގެވުން އެދެމެވެ. މިދެންނެވުނު މުއްދަތުގައި މަޢުލޫމާތު ހުށަހަޅުއްވާފައި ނުވާނަމަ ތަކެތީގެވެރިއަކު ނެތްކަމަށް ބަލައި އެތަކެތި ނައްތާލެވޭނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2018