ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AB-2018/241
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 17:33
ސުންގަޑި: 05 ޑިސެންބަރު 2018 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އައި.ޓީ އޮފިސަރ – އެމް.އެސް 1

ނަންބަރު: A)AB-2018/241) 

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މިކޮމިޝަނުގެ ނަންބަރު A)AB-2018/235) އިޢުލާނުއިން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ، އަލުން

މަޤާމް:

ސީނިއަރ އައި.ޓީ އޮފިސަރ – އެމް.އެސް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ސެކްޝަން:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލިޖީ ސެކްޝަން

ބޭސިކް މުސާރަ:

މަހަކު -/5610 (ފަސް ހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/2000  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު-/3000 (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،

2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ޙާޞިލްކުރުމަށްފަހު 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ

4- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

5- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި  5 އަހަރު ދުވަހުގެ މަޤާމުއާ ގުޅޭ ދާއިރާއެއްގެ މަސައްކަތު ތަޖުރިބާ

6- ޑީ.އެން.އެސް ބަލަހައްޓަން އެގުން

7- ނެޓްވޯކް ސްވިޗް ބޭނުން ކުރަން އެނގުން

8- CITRIX,VMWARE ފަދަ ވާޗުއަލް އެންވާރަމެންޓް ބޭނުންކޮށް ކޮންފިގަރކުރަން އެގުން

9- 3CX ފޯން ސިސްޓަމް ބޭނުން ކުރަން އެގުން

 

އެހެނިހެން ޝަރުތު:

  1. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  2. ޢުމުރުން  45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  4. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން

މަސްއޫލިއްޔަތު:

  • ކޮމިޝަނުގެ އެކިއެކި ބޭނުންތަކަށް ޓެކްނިކަލްގޮތުން ކުރަންޖެހޭ މަސައްކަތް، ޑިވިޜަން ހެޑްގެ ލަފަޔާއި އިރުޝާދުގެ މަތިން ފަރުމާކޮށް ލިޔެތައްޔާރުކުރުމާއި، ޓެސްޓުކުރުމާއި، ތަރައްޤީކޮށް ބެލެހެއްޓުން
  • ސާވަރ ސިސްޓަމްތައް ބަލައި މެއިންޓެއިން ކުރޭތޯބެލުން
  • ނެޓްވާރކް މޮނިޓަރިން އަދި އެންޓި ވައިރަސް ރިޕޯރޓްތައް ބަލައި އެއަށް ޢަމަލުކުރުން
  • ކޮމިޝަނުގެ ކޮމްޕިއުޓަރ ވިއުގަ، ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ ފަދަ ތަކެތި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ރަނގަޅު ކުރުމުގައި ސެކްޝަންގެ މުވައްޒަފުންނަށް ލަފާދިނުން.
  • ކޮމްޕިއުޓަރ ސިސްޓަމްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލްކޮށް، ސޮފްޓްވެއަރތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި ދިމާވާ ދަތިތަކުގައި އެހީތެރިވެދިނުން އަދި ގައިޑްކުރުން
  • އީ- ގަވަރންމަންޓް ނިޒާމުގެ މަސައްކަތުގައި ސެކްޝަންގެ ފަރާތުން ދޭންޖެހޭ އެހީފޯރުކޮށް ދިނުމުގެ މަސައްކަތް ބަލައި މޮނިޓަރކުރުން
  • ކޮމިޝަނުގެ ވާޗުއަލްސަރވާތަށް ބެލެހެއްޓުން
  • ކޮމިޝަނުގެ އިންފޮމޭޝަން ސިސްޓަމްތަށް ބެލެހެއްޓުން
  • ކޮމިޝަނިގެ އައި.ޓީ ނިޒާމް ބެލެހެއްޓުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީސީއީ އޯޑިނަރީ ލެވެލް، އެސްއެސްސީ، ޖީސީއީ އެޑްވާންސްޑް ލެވެލް އަދި އެޗްއެސްސީގެ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް ނުވަތަ އެޓެސްޓު ކުރާކަށް ނުޖެހޭނެއެވެ. ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެ ކޯހުގެ ލެވެލް އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.)

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 

ސުންގަޑި:         

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.

- މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ސީނިއަރ އައި.ޓީ އޮފިސަރ (އެމް.އެސް.1) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

20 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

25 މާކްސް

ޖުމްލަ

100 މާކުސް

 ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

20 ރަބިޢުލްއައްވަލް 1440

28 ނޮވެންބަރު 2018