ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-HR/1/2018/53
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 1552
ސުންގަޑި: 04 ޑިސެންބަރު 2018 1300
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވީޑިއޯގްރާފަރ/ އެޑިޓަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

 

މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:

މަގާމުގެ ނަން:

ވީޑިއޯގްރާފަރ/ އެޑިޓަރ

ސެކްޝަން:

ކޮމިއުނިކޭޝަންސް އޮފީސް

ބޭނުންވާ އަދަދު:

2 (ދޭއް)

އަސާސީ މުސާރަ:

-/5,020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,500 ރުފިޔާ

ޚާއްޞަ އެލަވަންސް:

-/2,259 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

-/2,500 ރުފިޔާ

މަގާމުގެ ޝަރުޠު:

 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:  

- ކޮމިއުނިކޭޝަންސް އޮފީހުގެ ބޭނުމަށް ނަގަންޖެހޭ ވީޑިއޯތައް ނެގުމާއި، ވީޑިއޯތައް އެޑިޓްކުރުމާއި އަދި މިނޫނަސް ވީޑިއޯތަކާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،   4 ޑިސެންބަރު 2018 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަން ޖެއްސެވުން އެދެމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

2018-11-27