ދެންނެވުން
ނަންބަރު: (IUL)266/266/2018/70
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:59
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގަސްއިދުމާބެހޭ

ކުޅުދުއްފުށީގައި ރަނގަޅުފެންވަރަށް ހެދިފައިވާ މަގުތަކުގައި ގަސްއިންދުމަށް ޚާއްސަކުރެވިފައިވާ ތަންތަނުގައި އެއްވެސް ބާވަތެއްގެ ގަހެއް

އިންދަންވާނީ ކައުންސިލް އިދާރާގެ ހުއްދަ ހޯއްދަވައިގެން ކަމުގައި އަންގަމެވެ. އަދި ރަނގަޅު ފެންވަރަކަށް ހެދިފައިނުވާ މަގުތަކުގައި

އެއްވެސް ބާވަތެއްގެ ގަހެއް އިންދުމަކީ މަނާކަމެއްކަމުގައިވެސް އަންގަމެވެ. އަދި ޕޮޓާއި، ހަންބުރިބުރިއާއި ފުޅިބުރިފަދަ ތަކެތީގައި

އިންދާފައި ހުންނަ ގަސްފަދަތަކެތިވެސް މަގުމަގުގައި ބެހެއްޓުމަކީ މަނާކަމެއްކަމުގައި ޢާއްމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2018