ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު |
|
މަޤާމް: |
ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އޮފިސަރ (ޖީ.އެސް 3) |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
ސެކްޝަން: |
ހިއުމަން ރިސޯސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން |
ބޭސިކް މުސާރަ: |
މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/3000 (ތިންހާސް ރުފިޔާ) |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް. |
ފެންވަރު ނުވަތަ ޝަރުތު: |
1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 2- އިޢުލާން ކުރެވިފައިވާ މަޤާމާއި އެއް ފެންވަރެއްގެ މަޤާމެއްގައި ދައުލަތުގެ މުޢައްސަސާއެއްގައި މަސައްކަތްކޮށް 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
3- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. 4- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން. 5- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން. 6- މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން 7- މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން |
މަސްއޫލިއްޔަތު: |
- މުވައްޒަފުންގެ އެޓެންޑެންސް ޗެކްކުރުން - މުވައްޒަފުންގެ ސަލާން ބަލައިގަތުމާއި ކެޕްލަރ ސިސްޓަމަށް ސަލާމް އެންޓަރކުރުން. - ސެކްޝަންގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. - މުވައްޒަފުންނާބެހޭ މަޢުލޫމާތު ކެޕްލަރ ސިސްޓަމަށް އެންޓަރކޮށް އަޕްޑޭޓް ކުރުން. - މުވައްޒަފުންނަށް އަންގާ އެންގުންތައް އެންގުމާއި، އިންޒާރު ދިނުމާއި އެކަންކަމާބެހޭ އިދާރި ލިޔެކިޔުމުގެ ކަންތައް، ސެކްޝަން ހެޑް އަންގާ ގޮތެއްގެމަތިން ކުރުން. - ފިނޭންސް މިނިސްޓްރީގެ "ސެޕް" ޕްރޮގްރާމް މެދުވެރިކޮށް ކޮމިޝަނުގެ މުވައްޒަފުންނާބެހޭ މަޢުލޫމާތު އަޕްޑޭޓްކުރުން - ސެކްޝަނުން އޮފީހުގެ ވެބްސައިޓްގައި ހިމަނަން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޮނުވައި އެކަމާބެހޭ އިދާރީ މަސައްކަތްކުރުން. - އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑު އަންގާ ގޮތެއްގެމަތިން ފޯކަލް ޕޮއިންޓުން އައްޔަންކުރުމުގެ އިދާރީ މަސައްކަތްކުރުން. - އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑު އަންގާ ގޮތެއްގެމަތިން ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން. - ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވުމަށް އެދޭ ފޯމު އެންޓަރކޮށް، ސެކްޝަން/ޑިވިޜަން ހެޑްގެ ލަފާގެ މަތިން ވޯޓު ފޮށިތަކަށް އޮފިޝަލުން ހަމަޖެއްސުން. - ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުންގެ ލިސްޓް ޤާނޫނުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންނަށް ފޮނުވުން. - އިންތިޚާބަށް ގެންނަ އޮފިޝަލުންގެ އުޖޫރަ ހަމަޖެއްސުމަށްޓަކައި ބަޖެޓަށް ހާޟިރީ ރިޕޯޓް ފޮނުވުން. - އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން. - ސަލާމުގައި ހުންނަނަމަ ސެކްޝަނުގެ ވެރިޔާއަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ޙަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. |
މަޤާމް: |
ސީނިއަރ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް އޮފިސަރ – އެމް.އެސް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ސެކްޝަން: |
ހިއުމަން ރިސޯސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން |
ބޭސިކް މުސާރަ: |
މަހަކު -/5610 (ފަސް ހާސް ހަސަތޭކަ ދިހަ ރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު -/2000 (ދެހާސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/3000 (ތިންހާސް ރުފިޔާ) |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް |
ފެންވަރު ނުވަތަ ޝަރުޠު: |
|
އެހެނިހެން ޝަރުތު: |
|
މަސްއޫލިއްޔަތު: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީސީއީ އޯޑިނަރީ ލެވެލް، އެސްއެސްސީ، ޖީސީއީ އެޑްވާންސްޑް ލެވެލް އަދި އެޗްއެސްސީގެ ސެޓްފިކެޓްތައް އެކްރެޑިޓްކޮށް ނުވަތަ އެޓެސްޓު ކުރާކަށް ނުޖެހޭނެއެވެ. ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެ ކޯހުގެ ލެވެލް އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ.) - ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
ސުންގަޑި: |
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ. - މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު
ބައިތައް |
މާކުސް |
ތަޢުލީމާއި ތަމްރީނު |
40 |
މަސައްކަތު ތަޖުރިބާ |
10 |
އިންޓަރވިޔު |
35 |
ޢަމަލީ ޓެސްޓު |
15 |
ޖުމްލަ |
100 |
ސީނިއަރ އޮފިސަރ (އެމް.އެސް.1) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު
ތަފްޞީލް |
މާކްސް |
ތަޢްލީމް |
40 މާކްސް |
މަސައްކަތު ތަޖުރިބާ |
15 މާކްސް |
އިންޓަރވިޔު |
35 މާކްސް |
ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
10 މާކްސް |
ޖުމްލަ |
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭގޮތް
- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
29 ޞަފަރު 1440