ޢާންމު މަޢުލޫމާތު
ނަންބަރު: D4/IL/2018/55
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 31 އޮކްޓޫބަރު 2018 00:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

މިކުންފުނީގެ ކާރގޯ ސެކްޝަންގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކުގެ ތެރެއިން ގިނަ ދުވަސްވެ ނުގެންގޮސްފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ސެކްޝަނަށް ދުރުވެ ނަންނޯޓް ކުރުން ހަމަޖެހިފައިވަނީ 10 ނޮވެމްބަރ އަދި 11 ނޮވެމްބަރ 2018 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރު 15:00 އަށެވެ. އަދި ނީލަން ކިޔުމުގައި ބައިވެރިވެލައްވަން ދުރުވާ ފަރާތްތަކުން އައި.ޑީ ކާޑް ކޮޕީއެއް ހިފައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

ނީލަން ކިޔުން އޮންނާނީ 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:30އިން 17:00 އަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 01 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އިން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ޑިޕާރޓްމަންޓްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް މިތަކެތި ދައްކާލުން އޮންނާނީ 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހު ހެނދުނު 08:00 އިން ހެނދުނު 10:00 އަށެވެ.

ނީލަން ކިޔުމުގައި ބައިވެރިވެ އަދި މުދަލަށް އަގު ކިޔުމަށްފަހު މުދަލަށްވާ ފައިސާ ނުދައްކާ ފަރާތްތަކަށް، ކުރިއަށް އޮތް 2 އަހަރުގެ ނީލަމުން އެއްވެސް މުދަލެއް ނެގުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވާލަމެވެ. އަދި ނީލަމުގައި ނަގާ ތަކެތީގެ އަގު އެއްފަހަރާއި ދެއްކުމަށްފަހު ނީލަމުގައި ނެންގެވި ހުރިހާ މުދަލެއްގެ ޕިކް އޯޑަރ ނަންގަވަން ޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

ނީލަމުންނަގާ މުދާ 13 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 2300ގެ ކުރިން މުދާ ނެންގެވި ފަރާތުން އެމުދަލެއް ނީލަމުގައި ނިމުނު އަގު އެމް.އޭ.ސީ.އެލް އަށް ދެއްކުމަށްފަހު ކްލިއަރ ކުރަން ވާނެއެވެ. މުދަލައްވާ ފައިސާ ދެއްކުމަށްފަހު ނުގެންގޮސް ހުންނަ މުދާ ޑެމަރޭޖް ޗާޖް އާއި އެކު 16 ނޮވެމްބަރ 2018 ވަނަދުވަހުގެ 2300ގެ ކުރިން ނެރެންވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ މުދާ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ނައްތާލެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

 

13 B 1440

42 އޮކްޓޯބަރ 2018

24 އޮކްޓޫބަރު 2018