މުބާރާތް
ނަންބަރު: BAM/IUL/2018/54
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 08 ނޮވެންބަރު 2018 15:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
45 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2018 (ދެވަނަ ޑިވިޜަން) 11 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2018

 

                             ނަންބަރު: BAM/IUL/2018/54

 

އިޢުލާން

 

45 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2018 (ދެވަނަ ޑިވިޝަން)

11 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2018

 

45 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަން އަދި 11 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2018 ނޮވެމްބަރު 23 ން 2018 ޑިސެމްބަރު 03 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތްތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ކުޅުންތެރިންނާއި ކުލަބު/ޖަމްޢިއްޔާތައް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން، މުބާރާތާބެހޭ ކަންކަމުގައި މުޢާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ކަންޑައަޅުއްވާ އެފަރާތެއްގެ ނަން، އަދި ގުޅޭނެ ނަންބަރު އެންގޭނެގޮތަށް 08 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެންޓްރީ ފޯރމާއެކު ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާ ތަކަށެވެ.

 

އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާޢިދު: 

- އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބެން ހުންނާނެއެވެ.

 

އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުތާރީޙް: 

- 08 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް

 

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އަދި މެންދުރުފަހު 13:00 ން 16:00 ށް، މި އެސޯސިއޭޝަންގެ ނަމްބަރު 3314057 ފޯނަށް ގުޅުއްވުން އެދެމެވެ. މި މުބާރާތްތަކާބެހޭ އިތުރު މަޢުލޫމާތު ކުރިއަށްހުރި ދުވަސްތަކުގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 އޮކްޓޫބަރު 2018