ދިވެހިރާއްޖެ
ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢު "ހިޔާ" ގެ ދަށުން ކެޓަގަރީ H9 މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީގެ ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަޠުގައި، ފުލެޓަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރުމުގެ ގޮތުން އިޢުލާންކުރީމެވެ.
މިކެޓަގަރީއަށް ފޯމް ހުށަހެޅުއްވި 2781 ބޭފުޅުންގެ ތެރެއިން މިކެޓަގަރީން ފުލެޓް ދޫކުރުމަށް ކަނޑައެޅިފައިވާ ޢަދަދަކީ 1044 އެވެ.
ފުލެޓް ލިބޭ ފަރާތްތަކުގެ ދާޢިމީ ލިސްޓް އިޢުލާންކުރެވޭނީ، ފުލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓަށް ކުރިމަތިލާފައިވޭތޯ ބަލައި، އެމައުލޫމާތުތައް ސާފުކުރުމުގެ އިތުރުން، މިކަމާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު ކަމުގައި ދެންނެވީމެވެ. ޝަކުވާ ހުށަހަޅުއްވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 11 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށެވެ. ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން ޖަވާބުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދާޢިމީ ލިސްޓް އިޢުލާންކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ދާޢިމީ ލިސްޓަށް އެއްވެސް ފަރާތެއް އަރުވާނަމަ އަރުވާނީ ވަގުތީ ލިސްޓުން އުނިކުރެވޭ ފަރާތްތަކުގެ ބަދަލުގައި، ވަގުތީ ލިސްޓުގައި މިހާރު ނުހިމެނޭ ފަރާތްތައް ތިބި ތަރުތީބަށް ބަލައިގެން ކަމުގައި ދަންނަވަމެވެ.