ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2018/46
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 1724
ސުންގަޑި: 25 ސެޕްޓެންބަރު 2018 1500
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
45 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2018 (ފުރަތަމަ ޑިވިޜަން)

45 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޜަން 2018 އޮކްޓޯބަރު 12 ން 16 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ކުލަބު/ޖަމްޢިއްޔާ ތަކުން މުބާރާތާގުޅޭ ކަންކަމުގައި މުޢާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ކަންޑައަޅުއްވާ އެފަރާތެއްގެ ނަމާއި ގުޅޭނެ ނަމްބަރު އެނގޭނެގޮތަށް 25 ސެޕްޓެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އެންޓްރީ ފޯރމާއެކު ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުމަށް ދެންނެވީމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާ ތަކަށެވެ.

 

އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާޢިދު: 

- އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބެން ހުންނާނެއެވެ.

އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުތާރީޙް: 

- 25 ސެޕްޓެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އަދި މެންދުރުފަހު 13:00 ން 16:00 ށް މި އެސޯސިއޭޝަންގެ ނަމްބަރު 3314057 ފޯނަށް ގުޅުއްވުން އެދެމެވެ. މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ހަފްތާގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

13 ސެޕްޓެމްބަރު 2018

2018-09-13