ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/25/2018/ 26
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 13 ސެޕްޓެންބަރު 2018 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:  26 (IUL)25-A5/25/2018/

ވަޒީފާގެ ފުރުޞަތު

 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް.

މަޤާމް: އެސިސްޓަންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ: 7035.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 900.00 ރ

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-148748

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: އެޑްމިން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބިޑްކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި މަސައްކަތްތަކަށް ބިޑް ތައްޔާރުކޮށް އިވެލުއޭޓް ކުރުން
  2. މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ތަކެތި، ސްޓޮކް ބަލަހައްޓާ ޑިވިޜަނުގެ އިރުޝާދުގެ ދަށުން ހޯދުން
  3. މިނިސްޓްރީގެ މަރާމާތާއި، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކަށް ބޭނުންވާ ވޯކްސްޓޭޝަންތަކާއި ގުޅޭ މަސައްކަތާއި އަދި ސެކިއުރިޓީއާ ގުޅޭ އެންމެހާ މަސައްކަތްތައް އޮންނަ އުސޫލަކުން ކުރުމާއި ސުޕަވައިޒްކުރުން. 
  4. މިނިސްޓްރީން ވައިގެ މަގުން ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ކޯޓޭޝަން ތައްޔާރުކޮށް ޓިކެޓްނެގުމާއި ޓްރަވަލް އިންޝްއަރެންސް ހަމަޖެއްސުމާއިގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން
  5. މިޝަންތަކަށް ފޮނުވާ ސްޓަފުންގެ ޕާސަނަލް އައިޓަމްސްތައް އެކަމަށް ހާއްސަކޮށްފައިވާ އުސޫލްތަކާ އެއްގޮތަށް މިޝަންއަށް ފޮނުވުމަށްޓަކައި (ވައި ނުވަތަ ކަނޑުމަގުން ކާގޯ ކުރުން) ކުރަންޖެހޭ އެންމެހާ ކަންތައްތައް
  6. މިނިސްޓްރީ އަދި މިޝަންތަކަށް ބޭނުންވާ ހަރުމުދާތަކުގެ ލިސްޓް ތައްޔާރުކުރުމާއި، ބަޖެޓްކުރުމާއި، ބާވެފައިވާ މުދާ ވިއްކާ/ނައްތާލުމާއި ގުޅޭ މަސައްކަތާއި އަދި ހަރުމުދަލާއިގުޅޭ ލިސްޓް އަޕްޑޭޓްކުރުމާއިގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން  
  7. އޮފީހުގެ ހުރިހާ ވެހިކަލްތަކެއްގެ މެއިންޓަނަންސް މަސައްކަތް ބެލެހެއްޓުމާއި އަހަރީ ފީ، ރޯޑް ވާދިނަސް އަދި އިންޝުއަރެންސް ގަވާއިދުން ހެއްދުން
  8. މަސައްކަތް ހަވާލުކުރުމާއި ސުޕަވައިޒް ކުރުން: ޑިވިޜަން ނުވަތަ ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން އަދި ޕްރޮކިއުމަންޓް އެންޑް މެއިންޓަނަންސް ޔުނިޓުގެ އިސްވެރިޔާގެ ހައިސިއްޔަތުން، މުވައްޒަފުންނާއި މަސައްކަތް ހަވާލުކޮށް ސުޕަވައިޒްކުރުން އަދި މުވައްޒަފުންނާއި ގުޅޭ މަސައްކަތްތައް (ޕަރފޯމަންސް އެޕްރެއިސަލް) ފަދަ ތަކެތި އޮންނަ އުސޫލަކުން ފުރިހަމަކޮށް ކަމާބެހޭ ޑިވިޜަނާއި ހަވާލުކުރުން
  9. ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓާއި ގުޅޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން އަދި އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-         މަޤާމުގެ މަސައްކަތާއި ގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-         މަޤާމުގެ މަސައްކަތާގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-         މަޤާމުގެ މަސައްކަތާގުޅޭ (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުން.

މަޤާމް: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ ޑެސްކް އޮފިސަރ 1

ރޭންކް: އެމް.އެސް 1

މުސާރަ: 5610.00 ރ.

ސަރވިސް އެލަވަންސް: 2000.00 ރ.       

ސަޕޯޓް ކޯ : 700.00 ރ

ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-250195

ބޭނުންވާ އަދަދު: 1

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: މިޝަން އެޑްމިން ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރާއްޖޭން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ސެކަންޑްމަންޓް އުސޫލުން ވަޑައިގަންނަވާ މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުންގެ އަދި ލޯކަލް މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން
  2. މިޝަންތަކަށް ޕޯސްޓިންގ އަށް ފޮނުވާ މުވައްޒަފުންނާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން
  3. އަލަށް ހުޅުވާ މިޝަންތައް ހުޅުވުމަށް ބޭނުންވާ އިދާރީ (އޮނިގަނޑު ތައްޔާރުކުރުމާއި، އެލަވަންސް ޝީޓް ތައްޔާރުކުރުމާއި، އެޑްވާންސް ޓީމް ގެ ދަތުރު އިންތިޒާމްފަދަ ލޮޖިސްޓިކަލް މަސައްކަތްތައް ކުރުން
  4. މިޝަންތަކަށް މުވައްޒަފުން ފޮނުވާ އަސާސީ އުސޫލްއާއި އެލަވަމަންސްތައް މުތާލިޔާކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވުން
  5. ޑިޕްލޮމެޓިކް މޭލް ބޭގް އަށް ލުމަށް ލިބޭ ލިޔެކިޔުންތަށް ބަލާގަނެ، ކަނޑައެޅިފަވާ އުސޫލްތަކާއި އެއްގޮތަށް މެއިލްބޭގް ތައްޔާރުކޮށް ފޮނުވައި ރެކޯޑް ބެލެހެއްޓުން
  6. މިޝަންތަކުން މިނިސްޓްރީއަށް ލިބޭ ލިޔެކިއުންތައް (ސިޓީ، އީމެލް، ފަދަލިޔުންތައް) ޤަވާއިދުން ބަލާގަނެ، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކްޝަންނެގުން
  7. މިޝަންތަކާއި ގުޅޭގޮތުން ނެރެންޖެހޭ އާންމު އިދާރީ ސާރކިއުރ ތައްޔާރުކޮށް ނެރުން
  8. މިނިސްޓްރީއާ މިޝަންތަކާއި ދެމެދު ހިނގާ މުއާމަލާތްތަކާއި ގުޅޭ (އިދާރީ މައްސަލަތަކާއި ގުޅޭ) ޕެންޑިންގ ލިސްޓެއް ބެލެހެއްޓުން
  9. މިޝަންތަކަށް ރަސްމީ ބޭނުމަށް ރާއްޖެއިން ހޯދަންޖެހޭ ތަކެތީ، ކަންޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށް ހޯދުމަށްފަހު ފޮނުވުން
  10. މިޝަންތަކުގެ ވީކްލީ ރިޕޯޓް ޤަވާއިދުން ހޯދައި އެ ރިޕޯޓް އޮންނަ އުސޫލުން ހިއްސާކުރުން
  11. މިޝަންތަކާއި ބެހޭ ލިޔެކިޔުންތަކާއި ރިކޯޑްތަށް ފައިލްކޮށް ޤަވާއިދުން ބެލެހެއްޓުން އަދި ޑިވިޜަނުގެ ޔައުމިއްޔާ، ވީކްލީ ރިޕޯރޓްތައް، ބްރީފް ޕޭޕަރ އަދި ޕެންޑިންގ މަސައްކަތްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން. އަދި ލިޔެކިޔުންތައް ފައިލްކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

 

1-                މަޤާމުގެ މަސައްކަތާއި ގުޅޭ (އިކޮނޮމިކްސް، އިންޓަރނޭޝަނަލް ރިލޭޝަންސް)ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އިތުރު އިނާޔަތް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

 

 

އެމް.އެސް 3 –އީއެކްސް 6

-      ތަޢުލީމާއި ތަމްރީން 22%

-   މަސައްކަތުގެ ތަޖުރިބާ  8%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 70%

 

އެމް.އެސް 1 – އެމް.އެސް 2

-      ތަޢުލީމާއި ތަމްރީން 45%

-   މަސައްކަތުގެ ތަޖުރިބާ  15%

-   ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 40%

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/dv/http://foreign.gov.mv/images/iulaan/CS_Job_Application_Form_V1.0.pdfވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13  ސެޕްޓެމްބަރ  2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ،  23 ސެޕްޓެމްބަރ  2018 އާއި 5 އޮކްޓޯބަރ 2018އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

  • ތައުލީމަށް 50%
  • ތަޖުރިބާ 50%

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

އެމް.އެސް 3 – އީއެކްސް 6 ………… 40%

އެމް.އެސް 1 – އެމް.އެސް 2 .................... 35%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                         

 

‏03‏ ސެޕްޓެމްބަރ‏ 2018

‏23‏ މުޙައްރަމް 1439

03 ސެޕްޓެންބަރު 2018