ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2018/19
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 07 ސެޕްޓެންބަރު 2018 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 20 ސެޕްޓެންބަރު 2018 09:55 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

މިކޯޕަރޭޝަންގެ ފަރާތުން 30 ޖުލައި 2018 ގައި ކޮށްފައިވާ ނަންބަރު IUL)MHCL-HRM/1/2018/18) އިޢުލާނުގައިވާ އެސިސްޓަންޓް ލީގަލް އޮފިސަރ އަދި ހެޑް އޮފް ބިޒްނަސް ޑިވަލޮޕްމަންޓް ގެ ބައި ބާޠިލްކޮށް އެމަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓަންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/6000 ރުފިޔާ

އެލެވަންސް

  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
  • ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
  • ފޯން އެލަވަންސް: -/300 ރުފިޔާ
  • ބޯޑް އެލަވަންސް: -/3000 ރުފިޔާ
  • ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40

ފެންވަރު ނުވަތަ ޝަރުތު:

  • ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށް ވުން.

މަސްއޫލިއްޔަތު:

  • މި ކޯޕަރޭޝަންގެ އެކިއެކި ކަންކަމުގައި ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ މަސައްކަތް ކުރުން.
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކޯޕަރޭޝަނާ ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރު ކުރުމާ އެކަމާ ގުޅޭ އެންމެހާ މުޢާމަލާތްތައް ކުރުން.
  • ކޯޓުތަކުގައި ކޯޕަރޭޝަން ތަމްސީލު ކުރުމާއި، ކޯޓުތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރު ކުރުމާއި، ކޯޕަރޭޝަންގެ ޤާނޫނުތަކާއި ޤަވާއިދުތައް އިޞްލާޙްކުރުން.
  • ކޯޕަރޭޝަންގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން.
  • ކަސްޓަމަރުންނާ ޖެހޭ މައްސަލަތަކުގައި ކޯޕަރޭޝަނަށް ޤާނޫނީ ގޮތުން އެހީތެރިވެދިނުން.
  • ކޯޕަރޭޝަނާ ގުޅުންހުރި ލިޔެކިޔުންތައް ދިވެހި ބަހުން އިނގިރޭސި ބަހަށް އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރުން.
  • ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރގެ ލަފާގެ ދަށުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު ޖަލްސާތަކުގެ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  • ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ އާއި އިދާރީ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  • ކޯޕަރޭޝަންގެ އޮޕަރޭޝަނަލް ރިޕޯޓް އެކުލަވާލާ ޑިރެކްޓަރުންގެ ބޯޑަށް ފޮނުވުން.
  • ކޯޕަރޭޝަންގެ ފަރާތުން އެކި ފަރާތްތަކާއެކު ހެދޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" (އެމް.އޯ.ޔޫ) ތައް އެކުލަވާލުމާއި އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންކަން ތަންފީޒު ކުރެވެމުންދާ މިންވަރު ބަލާ އެކަންތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑާ ޙިއްޞާކުރުން.
  • ޑިރެކްޓަރުންގެ ބޯޑުން ނިންމާ ކަންކަމަށް ތައްޔާރު ކުރަންޖެހޭ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު ތައްޔާރު ކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ކުންފުނީގެ ފަރާތުން ކުރާ އެންމެހައި ކަންތައްތަކުގެ ތެރެއިން ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ޑިރެކްޓަރުންގެ ބޯޑަށް ލަފާދިނުން.
  • ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅުމަށްޓަކައި ތައްޔާރު ކުރަންޖެހޭ ބޯޑު ކަރުދާސް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.

 

މަޤާމު:

ހެޑް އޮފް ބިޒްނަސް ޑިވަލޮޕްމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/10000 ރުފިޔާ

އެލެވަންސް

  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
  • ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
  • ފޯން އެލަވަންސް: -/300 ރުފިޔާ
  • ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ޑިގްރީ ޙާޞިލް ކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 
  • ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ޕޮލިސީ ތަންފީޒު ކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިވެދިނުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ބޭނުންވާނެ ކަންކަން ދިރާސާ ކުރުމާއި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން.
  • ކޯޕަރޭޝަންގެ އަހަރީ ރިޕޯޓް އަދި ކުއަރޓަލީ ރިޕޯޓް ޤަވާއިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޮންމެ އަހަރެއްގެ ބިޒްނަސް ޕްލޭން ތައްޔާރު ކުރުމާއި ކޯޕަރޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުށަހެޅުން.
  • ކޯޕަރޭޝަނުން އެކުލަވާލާ ޚާއްސަ ރިޕޯޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 14:30 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 11 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

29 އޮގަސްޓް 2018

27 އޮގަސްޓް 2018