ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2018/203
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 16:34
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓު ފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން (ސިނާޢީ މަސައްކަތްކުރާ ތަންތަން)

ނަންބަރު: A)CA-2018/203)

އިޢުލާން

ވޯޓު ފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން

މިކޮމިޝަނުގެ ނަންބަރު A)CA-2018/152) އިޢުލާނާ ހަވާލާދީ ދަންނަވެމެވެ.

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާނެކަމަށް އިޢުލާނުކޮށްފައިވާ ސިނާޢީ މަސައްކަތްކުރާ 06 ތަނުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާފައިވާ ޢަދަދަށް (މަދުވެގެން 100 މީހުން) ރަޖިސްޓަރީކޮށްފައި ނުވާ މިދަންނަވާ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފީމެވެ.

އަދި އެ މިވާ ވޯޓުފޮށިތަކަށް ރީ-ރަޖިސްޓަރީ ވެފައިވާ މީހުން އެމީހަކު ރަޖިސްޓަރީ ވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ބޭނުންވާނަމަ، 2018 އޮގަސްޓް 27 އިން 2018 އޮގަސްޓް 29 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 އަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

ރީ-ރަޖިސްޓަރީ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގައެވެ. އަދި ރާއްޖެއިންބޭރުގައިނަމަ ރީ-ރަޖިސްޓަރީ ފޯމު ބަލައިގަންނާނީ އެޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ އެމީހަކު ރަށްވެހިވެފައިވާ ރަށުގައެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ޅ. ފެލިވަރު

ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ އެކުވެނި

 

މި ފޮށްޓަށް ވޯޓުލާނީ ފެލިވަރުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ފެލިވަރު-1

V04.1.1

1

ލ. ކައްދޫ،

އެއަރޕޯޓު ކުޅިވަރު ފެންޑާ

މި ފޮށްޓަށް ވޯޓުލާނީ ކައްދޫގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ކައްދޫ-1

V06.1.1

2

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

14 ޛުލްޙިއްޖާ 1438

25 އޮގަސްޓް 2018