ދިވެހިރާއްޖެ
ނަންބަރު:A)CA-2018/197)
އިޢުލާން
ރިޔާސީ އިންތިޚާބު 2018
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 14 ވަނަ މާއްދާ އާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންނާ ބެހޭ މަޢުލޫމާތު ޢާންމުކޮށް އިޢުލާން ކުރަމެވެ.
ކެންޑިޑޭޓް ނަންބަރު |
ކުރިމަތިލާ ޙައިޘިއްޔަތު |
ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ނައިބު |
ރަސްމީ އިންތިޚާބީ އޭޖެންޓު |
ނިޝާން |
ލިޔެކިޔުން ފޮނުވާނެ ރަސްމީ އެޑްރެސް |
1 |
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް |
ކެންޑިޑޭޓު: ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަގުގެ، މާލެ
ކެންޑިޑޭޓުގެ ނައިބު: މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢީދު މަންޒިލް، ގއ.މާމެންދޫ |
ޢަދްލީ އިސްމާޢީލް، މ.ސަންބީމް، މާލެ |
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީ.ޕީ.އެމް) ހ. ހުރަފަ، މާލެ |
|
2 |
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ |
ކެންޑިޑޭޓު: އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫރާނީއާގެ، ޅ.ހިންނަވަރު ކެންޑިޑޭޓުގެ ނައިބު: ފައިޞަލް ނަސީމް، ފުނާޑު، ނޫޑަލްހީ، ޏ.ފުވައްމުލައް |
ޙިސާން ހުސައިން، މ.ނޫހިރި، މާލެ |
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ހ.ޝަރާޝާ 2 ވަނަ ފަންގިފިލާ، ސޯސަންމަގު، މާލެ |
7 ޛުލްޙިއްޖާ 1439