ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166-Admin/166/2018/79
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 16 އޮގަސްޓް 2018 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް:                އެކައުންޓްސް އޮފިސަރ

މާޤާމުގެ ނަންބަރު:          J-268870

ބޭނުންވާ އަދަދު:           01

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           އެމް.އެސް 1

މާޤާމުގެ ކްލެސިފިކޭޝަން:     ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ސެކްޝަން :           ބަޖެޓް، ފައިނޭންޝިއަލް މެނޭޖްމަންޓް އެންޑް ލީގަލް އެފެއާޒް / ޑިޕާރޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަން

ވަޒީފާއޮތް އޮފީސް:        ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:   ވެލާނާގެ 2 ވަނަ ފަންގިފިލާ، ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

މުސާރަ:             -/5610ރ

ސަރވިސް އެލަވަންސް:     -/2000ރ،

ސަޕޯޓިންގ ކޯއެލަވަންސް2:   -/700ރ

އިތުރު އިނާޔަތްތައް:       1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ބަޖެޓް ސެކްޝަންގެ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް އަޕްޑޭޓްކޮށް ބެހެލެއްޓުން.

-          ބައިލޭޓްރަލް އެހީގެ ދަށުންނާއި އެހެނިހެން ސްކީމްތަކުގެ ދަށުން ކޯސްތަކުގައި ފުރާ ދަރިވަރުންގެ ދަތުރު އެލަވަންސް ހޯދުމަށް ވައުޗަރ ނިޒާމް މެދުވެރިވެގެން ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.

-          ބައިލޭޓްރަލް އެހީގެ ދަށުންނާއި އެހެނިހެން ސްކީމްތަކުގެ ދަށުން ކޯސްތަކުގައި ފުރާ ދަރިވަރުންގެ ދަތުރު އެލަވަންސަށް ވާ ނަގުދު ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ނެގުމަށް ފަހު ދަރިވަރުންނާއި ޙަވާލުކުރުން.

-          ހުރިހާ ސްކީމްތަކެއްގެ ޕޭމަންޓްތައް މިނިސްޓްރީ އޮފް ފިނޭންސުން ޕްރޮސެސް ކުރުމުން ޗެކް ތައް ނެގުން.

-          މިނިސްޓްރީ އޮފް ފިނޭންސުން ދޫކުރާ ޗެކްތައް ދަރިވަރުންނާއި ޙަވާލުކުރުމާއި، މުއައްސަސާތަކަށް ދައްކަންޖެހޭ ޗެކްތައް އެތަންތަނަށް ގޮސް ޙަވާލުކުރުން.

-          މިނިސްޓްރީ އޮފް ފިނޭންސުން ދޫކުރާ ޗެކްތަކުގެ ތެރެއިން އެމް.އެމް.އޭ އަދި އެހެނިހެން ބޭންކްތަކަށް ޖަމާކުރުން.

-          އެކި އެކި ސްކީމްތަކުގައި ކިޔަވާ ދަރިވަރުންނަށް ޚަރަދު ކުރެވޭ މިންވަރު ބެލުމަށާއި ވަކި ޢަދަދެއް ކަނޑައެޅިގެން ފައިސާ ދޫކުރަންޖެހޭ ދަރިވަރުންނަށް ފައިސާ ދޫކުރެވޭ ވަރު ބަލާ ޗެކް ކޮށް ދަރިވަރުންނަށް ދައްކާ ފައިސާ ގެ ރެޖިސްޓްރީ ބެލެހެއްޓުން.

-          ފައިސާ އަނބުރާ ދައްކަންޖެހޭ ދަރިވަރުންގެ އެކްސްޕެންޑިޗަރ ސްޓޭޓްމަންޓް ތައްޔާރުކޮށް ރީޕޭމަންޓް ކަލެކްޝަން ބަޔަށް ފޮނުވުން.

-          އެކައުންޓް ނަމްބަރު 1129 ގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުން.

-          އެކައުންޓް ނަމްބަރު 8043 (ޓްރަސްޓް އެކައުންޓް) ގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުން.

-          ބޭންކް އޮފް މޯލްޑިވްސްއާއި ބޭންކް އޮފް ސިލޯނާއެކު އެގްރިމަންޓް ކުރެވިގެން ހިންގާ ލޯން ސްކީމްގެ ފައިސާ ޖަމާކުރާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމާއި އެ އެކައުންޓްގެ މާލީ ހިސާބުތައް ބެލެހެއްޓުން.

-          ތައްޔާރުކުރެވޭ ވައުޗަރ ތަކާއި ބިލްތައް ބިލް ރެޖިސްޓްރީ އަށް އެންޓަރކުރުން.

-          ވައުޗަރ ތައް ޗެކްކުރުން.

-          ކުރިއަށް އޮންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުމަށް ސެކްޝަން ހެޑަށް އެހީތެރިވުން.

-          ކޮންމެ އަހަރެއް ފެށޭ އިރު އެ އަހަރުގެ އަލަށް ތަޢާރަފްކުރެވޭ ސްކީމްތަކުގެ ކޭޝް ފްލޯ ތައްޔާރުކުރުމާއި، ހިނގަމުންދާ ސްކީމްތަކުގެ ކޭޝްފްލޯ ފޯރކާސްޓް ހެދުން.

-          ބަޖެޓް ސެކްޝަނަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން.

-          ބަޖެޓް ސެކްޝަނުން ފޮނުވަންޖެހޭ ސިޓީތައް ލިޔެ ފޮނުވުން.

-          ޑީ.އެޗް.އީގެ މައި ބަޖެޓުން ކުރާ ޚަރަދުތައް ކޮންޓްރޯލްކުރުމާއި، ބިލްތަކަށް ފައިސާ ދެއްކުމަށް ވައުޗަރ ނިޒާމް މެދުވެރިކޮށް ފޮނުވުން.

-          އިސްވެ ބުނެވިފައިވާ ކަންކަމުގެ އިތުރުންވެސް ކުއްލިޙާލަތުގައި ދިމާވާ އޮފީހުގެ އެކިއެކި މަސައްކަތްތައް ކުރުން. އަދި ހަވާލުވެފައިވާ މަސައްކަތްތައް ޒިންމާދާރު ކަމާއި އެކު ކުރުމާއި މުވައްޒަފުންގެ ޤަވާޢިދު ތަކަށް  ޙުރުމަތްތެރިކޮށް ހިތައި ސިވިލްސަރވިސްގެ ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތުގެ އަޚުލާޤް ބެހެއްޓުން

 މާޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި ޑިޕާރޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮގަސްޓު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް (3341385) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 26 އޮގަސްޓު އިން 06 ސެޕްޓެމްބަރު 2018އާ ދެމެދު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިވާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ޝަރުތު ހަމަވާ 10 ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން އެދިވަޑައިގެންފިނަމަ އެންމެ މަތީން މާރކްސް ލިބޭ 10 ބޭފުޅުން ޝޯޓުލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަންނަވާނީ އެބޭފުޅުންނަށެވެ.

 އިތުރުމަޢުލޫމާތު:   

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި ޑިޕާރޓްމަންޓްގެ ނަންބަރު 3341303،3341307 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

25 ޛުލްޤައިދާ 1439

07 އޮގަސްޓު 2018

07 އޮގަސްޓް 2018