ދެންނެވުން
ނަންބަރު: (IUL)138-FLBMSDS1/138/2018/102
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 08 އޮގަސްޓް 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރުއްގަސްތަކުގެ ވެރިފަރާތް ހޯދުން

ފުވައްމުލަކު ދިގުވާނޑު ހޮބާޓް ގޯއްޗާއި އިންވެގެން އޮތް ހުސްބިމުގައި 01 އިން 06 އަށް ނަންބަރުޖަހާފައިވާ ރުއްގަސް، ދިގުވާނޑު އާދުނި ގޯއްޗާއި އިންވެގެން އޮތް ހުސްބިމުގައި 01 އިން 03 އަށް ނަންބަރުޖަހާފައިވާ ރުއްގަސް، އަދި ހޯދަޑު ހާޓް ގޯއްޗާއި އިންވެގެން އޮތް ހުސްބިމުގައި 01 އިން 06 އަށް ނަންބަރުޖަހާފައިވާ ރުއްގަސްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

  ވީމާ، މިރުއްގަސްތަކުގެ ވެރިފަރާތްތަކުން 08 އޮގަސްޓު 2018 ވާ ބުދަ ދުވަހު 14:00 ގެ ކުރިން އެރުއްގަހުގެ މިލްކުވެރިކަން ސާބިތުވާނެ ރަސްމީ ލިޔުމަކާއި އެކު ފުވައްމުލަކު ލޭންޑް ބިލްޑިންގް އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމެންޓް އުތުރު ސެކްޝަނަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

01 އޮގަސްޓް 2018