ދިވެހިރާއްޖެ
އިޢުލާން |
މި އޮތޯރިޓީގެ އަހަރީ ރިޕޯޓް ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޕްރިންޓްކޮށް ބައިންޑް ކުރަން ބޭނުންވެއެވެ.
އަދަދު: 250 ކޮޕީ
ސައިޒް: 210mm x 260mm
ސަފުހާގެ އަދަދު: 185 (ބޭރުގަނޑުގެ ދެފުށް ހިމެނޭ ގޮތަށް)
ކަރުދާސް: ބޭރުގަނޑު: 250 ޖީ.އެސް.އެމް އާރޓް ކާޑް
އެތެރެ ގަނޑުތައް: 120 ޖީ.އެސް.އެމް އާރޓް ޕޭޕަރ ސިލްކް
ޕްރިންޓް: ހުރިހާ ގަނޑެއް ކުލަކޮށް
ފިނިޝިންގ: ޕަރފެކްޓްލީ ބައުންޑް
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތާރީޚު | ދުވަސް | ވަގުތު | |
އަންދާސީހިސާބު ހުށަހެޅުން | 28 ޖޫން 2018 | ބުރާސްފަތި | 15:30 |
މާރކްސް ދޭނެގޮތް:
- އަގަށް: %65 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
- ޑެލިވަރީ މުއްދަތު: %20 (އެންމެ ކުރު މުއްދަތެއް ހުށަހަޅުއްވާ ފަރާތަކަށް އެންމެ ގިނަ މާރކްސް)
- ތަޖުރިބާ: %15 (މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް)
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ބިޑް ޕްރޮޕޯސަލް (ޖީ.އެސް.ޓީއަށްވާ ޢަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)
- މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފްސީލް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖްރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)
- ކުންފުނި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
- ފަންނީ ގޮތުން ޤާބިލްކަން ހުރި މިންވަރު
- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް
10 ޝައްވާލް 1439 |