ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-QARS/88/2018/24
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2018
ޕަބްލިޝްކުރި ގަޑި: 10:43
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓޫރިސްޓުން ބޭތިއްބުމާއި ބެހޭ

އިޢުލާން 

ޤާނޫން ނަންބަރު 2/99 ޓޫރިޒަމާއި ބެހޭ ޤާނޫންގައި ބަޔާންކޮށްފައިވާގޮތުގެމަތީން ރާއްޖެއަންނަ ފަތުރުވެރީން ވިޔަފާރީގެ ޢުސޫލުން ބޭތިއްބޭނީ ރަޖިސްޓްރީކޮށްފައިވާ ތަންތާގައެވެ. އަދި އެޤާނޫންގައި ބުނެފައިވާގޮތުގެ މަތީން އެފަދަ ތަންތަން ހިންގަންވާނީވެސް މިނިސްޓްރީ އޮފް ޓޫރިޒަމުން ހުއްދަ ނަގައިގެންނެވެ.

އެހެންނަމަވެސް، މިހާރަކަށް އައިސް ރަޖިސްޓްރީނުކުރާ ތަންތަނުގައި ވިޔަފާރީގެ ޢުސޫލުން ޓޫރިސްޓުން ބައިތިއްބާކަމުގެ ރިޕޯޓް ލިބެމުންދާތީ މިކަން މިގޮތަށް ނުކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މިފަދަ ތަންތަން ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެތަނެއް ރަޖިސްޓްރީކޮށް، އެފަދަ ތަންތަން ހިންގުމަށް މިމިނިސްޓްރީއިން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައިކަމުގައި ދެންނެވީމެވެ.

24 شعبان  1439

10 މޭ 2018