ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)320-ADHR/320/2018/16
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2018
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 20 މޭ 2018 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ޑްރައިވަރ

ވަޒީފާގެ ފުރުސަތު

 

ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން ދުވަހު މުސާރައަށް ޑްރައިވަރަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ޕިކަޕް ޑްރައިވަރ

އޮފީސް:

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާ

މަސައްކަތްކުރަންޖެހޭ ތަން

އޭދަފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުއްދަތު:

03 (ތިންމަސް)

މަގާމުގެ ޝަރުތުތައް:

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ، C2 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި ގިނަވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖހޭ މައިގަނޑު މަސައްކަތްތައް

  • ހެނދުނު 7:45 އަށް ކައުންސިލްގެ ޕިކަޕްގައި ވޭސްޓްޔާޑަށް ގޮސް މަސައްކަތު މުވައްޒަފުން ގޮވައިގެން ގޭބިސީތަކުން ކުނިނެގުން.
  • ކުނިކޮށްޓަށް ގެންދާ ކުނި ވަކިކޮށް، ކުނިއަޅަންޖެހޭ ތަންތަނަށް ކުނިއެޅުވުން.
  • ބޭރުކުރަންޖެހޭ ކުނި ބަނދަރަށް ގެންގޮސް އުޅަނދުފަހަރަށް އެރުވުން.
  • މަސައްކަތް ނިމުމުން ޕިކަޕް ސާފުކޮށް ބެލެހެއްޓުން.
  • ކައުންސިލް އިދާރާއިން އަންގާ ކަންކަން ކުރުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

20 މެއި 2018 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ  އޭދަފުށީ ކައުންސިލްގެ އިދާރާ އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް އޭދަފުށީ ކައުންސިލްގެ އިދާރާއިންނާއި މިކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
  2. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ މުއްދަތު ހަމަނުވާ C2 ކެޓަގަރީގެ ލައިސަންސް ކޮޕީއެއް
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީއެއް
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުގެ، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 6608303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6608503 އެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

09 މޭ 2018