ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2018/28
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 28 މާރިޗު 2018 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީދިގަލި ހިމާޔަތްކުރެވިފައިވާ ސަރަހައްދަށް ނަންދިނުން

އިޢުލާން

އީދިގަލި ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރެވެމުން ދާއިރު މިތަނަކީ އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު ތަނަކަށް ވެގެންދާނެއެވެ. މިހާރު އެސަރަހައްދަށް ނިސްބަތްކޮށް އެކި ނަންނަން ( ކޯއްޓޭ، އީދިގަލި ކިޅި، އީދިގަލި ހިމާޔަތްކޮށްފައިވާ ސަރަހައްދު) ކިޔަމުން ދާތީ ހިމާޔަތް ކުރެވިފައިވާ މިބާވަތުގެ ތަންތަނަށް ވަކި ނަމެއް އޮތުމަކީ މުހިއްމުކަމެއް ކަމަށް ކައުންސިލުން ދެކެމެވެ.  

އެހެންކަމުނެ އެ ސަރަހައްދަށް "އައްޑޫ ނޭޗަރ ޕާކް" މިނަން ކިއުމާމެދު ޢާންމުންގެ ޚިޔާލު ބޭނުންވެއވެ. ޚިޔާލު ހުށަހަޅާނީ 28 މާރިޗު 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށެވެ.

04 ރަޖަބު 1439

21 މާރިޗު 2018