ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2018/60
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 28 މާރިޗު 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (ލޯ)

މަޤާމް :ލެކްޗަރަރ
ބޭނުންވާ އަދަދު :1

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

01

ދާއިރާ

ލޯ

އޮފީސް:

ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް

ވަޒީފާގެ ބާވަތް

(ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 17 ޖޫން 2020 ގެ ނިޔަލަށް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

40

މުސާރަ:

މަހަކު 12,687/50 ރ

ސަރވިސް އެލަވަންސް:

މަހަކު 5,437/50 ރ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކިޔަވަދޭ ފިލާވަޅުތައް ފެކަލްޓީއިން ހަމަޖައްސަވާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
  • ކިޔަވައިދޭ މާއްދާއާ ގުޅޭ ގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބު ދާރީވުން.
  • ކޯސްތަކާއި މާއްދާތައް ކޯޑިނޭޓްކުރުން.
  • އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މަޤާމުތަށް އިޞްލާޙު ކުރުން.
  • ސެމިސްޓާރ ފެށުމުގެ ކުރިން ދަރިވަރުންނަށް ސަބްޖެކްޓްގެ އައުޓްލައިން ތައްޔާރުކުރުން.
  • ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް އަޕްޑޭޓްކުރުން.
  • މާއްދާތަކުގެ އިމްތިޙާން ކަރުދާސް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ކޯޑިނޭޓަރާ ޙަވާލުކުރުން.
  • އިމްތިޙާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އެގްޒޭމް ކޯޑިނޭޓަރާ ޙަވާލުކުރުން.
  • ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި އަދި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވާ ހިންގުން.
  • މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ޙަވާލުކުރެވިއްޖެނަމަ އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި އަދި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެއްސުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި މާއްދާތަކުގެ ޕެނަލްތައް ފަދަ އެކިއެކި ބައްދަލުވުންތަކާއި އެފަދަ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
  • ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްކުރުން.
  • ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާއި އެއްގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްކުރުން.
  • އަމިއްލަ ގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތަށްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.
  • މިނޫނަސް މަޤާމާ ގުޅޭގޮތުން ފެކަލްޓީ އިން ޙަވާލުކުރާ ކަންތަށް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2018 މާރިޗު 28 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯރޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަމްބަރު ފޯނަށެވެ.
21 މާރިޗު 2018