ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2018/21
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 23:13
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި އެޅުމަށް ހަމަޖެހިފައިވާ ފައްތިޔާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުން؛

ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި މިކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ބަނދަރުގައި އެޅުމަށް ހަމަޖެހިފައިވާ 25 ފައްތިޔާ ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ބަނދަރު ފައްތިޔާ ދޫކުރެވޭނީ އެކަމަށް އެދި މިކައުންސިލް އިދާރާއަށް ފައްތިޔާގެ ނަންބަރު އެނގޭނެހެން ހުށަހަޅާ ސިޓީގެ ތަރުތީބުންނެވެ. އަދި ފައްތިޔާއަކަށް މަހަކު ފީގެ ގޮތުގައި -/100 (އެއްސަތޭކަ) ރުފިޔާ މިކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.

ފައްތިޔާ ބޭނުންކުރުމުގައި ޢަމަލު ކުރަންވާނީ މިކައުންސިލުން ހެދިފައިވާ "ބަނދަރު ފައްތިޔާ ބޭނުންކުރުމާއިބެހޭ އުޞޫލު" ގައިވާ ގޮތުގެ މަތިންނެވެ. ބަނދަރު ފައްތިޔާ ބޭނުންކުރުމާއިބެހޭ އުޞޫލާއި، ފައްތިޔާ އެޅުމުން ހުންނާނެގޮތުގެ ކުރެހުން މި އިދާރާގެ ނޯޓިސްބޯޑާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޢާންމު ކުރެވިފައިވާނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2018