ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/72
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 20:51
ސުންގަޑި: 22 މާރިޗު 2018 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 30 ދުވަހަށް ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފުމާއި ގުޅޭ

މި މިނިސްޓްރީއަށް 30 ދުވަހަށް ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/62 (14 މާރިޗު 2018) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަގު ހުށަހަޅުއްވާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކޮށްފައިނުވާތީ މި އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 މާރިޗު 22 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.     

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި މަޢުލޫމާތު ކަރުދާސް 2018 މާރިޗު 21 ވާ ބުދަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އާއި 7776505 އަށް ގުޅުއްވުން އެދެމެވެ.

20 މާރިޗު 2018