ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2018/041
އިޢުލާން
ބ.ފެހެންދޫ އައު އިންޖީނުގޭގައި ސާރވިސް ޓޭންކެއް އެޅުމުގެ މަސައްކަތާ ގުޅޭ:
މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ބ.ފެހެންދޫ އައު އިންޖީނުގޭގައި ސާރވިސް ޓޭންކެއް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗް 26 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ.ފެހެންދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އެޕްރީލް 01 ވާ އާދިއްތަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ބ.ފެހެންދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
02 ރަޖަބް 1439
19 މާރިޗް 2018