ޢާންމު މަޢުލޫމާތު
ނަންބަރު: 182-FCD/IUL/2018/12
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 23 މާރިޗު 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކާބޯތަކެތީގެ މަސައްކަތް ކުރުމުގައި އާއްމު ސާފުތާހިރުކަން ދެމެހެއްޓުމަށް ޢަމަލުކުރާ އުޞޫލުތައް ކަނޑަައަޅާ މިންގަނޑާއި ގުޅޭ

އިޢުލާން

"ޖެނެރަލް ޕްރިންސިޕަލް އޮފް ފުޑް ހައިޖީން" 08 މާރިޗު 2018ގައި ވަނީ މިމިނިސްޓްރީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައެވެ. މިމިންގަނޑަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދަނޑުން ފެށިގެން ސުފުރާއާއި ހަމައަށް ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ މަސައްކަތްކުރާ ފަރާތްތަކުން އާއްމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ޢަމަލުކުރާނޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާފައިވާ މިންގަނޑެކެވެ.

އަދި ދަންނަވަމެވެ. މިމިންގަނޑަށް ޢަމަލުކުރަން ފަށާނީ މިއިޢުލާން ގެޒެޓުކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައެވެ.

މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ 3014361 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

1 ރަޖަބު 1439

 

18 މާރިޗު 2018