ތަމްރީނު
ނަންބަރު: (IUL)160-A/1/2018/24
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 08 އޭޕްރިލް 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 1

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2018  ވަނަ އަހަރު އޭޕްރީލް މަހު، ތިރީގައި މިދަންނަވާ ކޯސް ފެށުމަށްވަނީ ހަމަޖެހިފައެވެ.

 

ޤާރީ ކޯސް ސެޓްފިކެޓް ލެވަލް 1

 

ޝަރުޠު:       1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއަކުން ފާސްވުން.

މުއްދަތު:        2   މަސް

 

            ވީމާ މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު 2018 މާރިޗް 14 ވާ ބުދަ ދުވަހުން ފެށިގެން މި މަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2018 އޭޕްރިލް 08 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން މި މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ.

13 މާރިޗު 2018