މަސައްކަތް
ނަންބަރު: GS60(B)/2018/020
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 22 މާރިޗު 2018 10:00
ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ސްކޫލް ގޯތިތެރޭ ވޯކްވޭ ހެދުމާ ބެހޭ

ނަންބަރ: GS60(B)/2018/020

އިޢުލާނު

ސްކޫލް ގޯތިތެރޭ ވޯކްވޭ ހެދުމާ ބެހޭ

           މި ސްކޫލުންދޭ ކުރެހުމާ އެއްގޮތަށް މިސްކޫލްގެ ގޯތިތެރޭގައި ވޯކްވޭ ހަދައި، ފެންހިންދާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރ  GS60(B)/2018/011 އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

           ވީމާ، މިކަން ކޮށްދެއްވުމަށް ޝަޢުޤް ވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. 

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

19 މާރޗް 2018

10:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

22 މާރޗް 2018

10:00 ހެނދުނު

           މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

           25 ޖުމާދުލްއާޚިރު 1439

           13 މާރޗް 2018

13 މާރިޗު 2018