މަސައްކަތް
ނަންބަރު: HCSB-95-A/2018/02
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 19 މާރިޗު 2018 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހައިކޯޓު / ދެކުނު ގޮފީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިކޯޓުގެ ޝަރީއަތްކުރާ ކޮޓަރީގައި ޖަހާފައިހުރި މުށިތައް ނެއްޓިފައިވާތީ، އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި HCSB-95-A/2018/01 އިޢުލާނު ނަންބަރާއި ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިމަސައްކަތާއިބެހޭ މަޢުލޫމާތުޝީޓު މިކޯޓުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ 18 މާރިޗު 2018 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 6894700 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 19 މާރިޗު 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި ހައިކޯޓު ދެކުނު ގޮފީގައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ހައިކޯޓު ދެކުނު ގޮތްޕަށް  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ޖުމާދުލްއާޙިރާ 1439 

12 މާރިޗު 2018