ތަމްރީނު
ނަންބަރު: (IUL)383/383/2018/18
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 15 މާރިޗު 2018 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމިކަމުގެ ސަނަދު 2 ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

މިކައުންސިލާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ނިޔަމިކަމުގެ ސަނަދު 2 ކޯސް 2018 މާރިޗް 18 އިން ފެށިގެން 2018 މާރިޗް 22 ގެ ނިޔަލަށް މިރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޯހުގެ ޖާގައިގެ އަދަދަކީ 30 ހެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައި ރަށަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

              ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 މާރިޗް 15 ވާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ކައުންސިލްގެ އިދާރާއަށް ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ. ނަންނޯޓްކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ދުރުވުމަށް ދަންނަވަމެވެ.

12 މާރިޗު 2018