ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ތިރީގައި ބަޔާންކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފްކުރާނެ ފަރާތެއް ހޯދުމަށް 20 މާރޗް 2017 ގައި ކުރެވުނު އިޢުލާން ނަންބަރު IUL)101-AF/1/2018/56) އަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
- މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 11ވަނަ ފްލޯ
- މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 4ވަނަ ފްލޯ (އެސް.އީ.ޒެޑް އޮފީސް)
- މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 މާރޗު 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 މާރޗު 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ( ބޮޑުތަކުރުފާނުމަގު) އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333117 ، 3333174 އަށް ގުޅުއްވުން އެދެމެވެ.