މަސައްކަތް
ނަންބަރު: (IUL)469-A/469/2018/1
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 19 ފެބުރުވަރީ 2018 11:00
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޖީ.އައި.އެސް. ކޮންސަލްޓަންޓް

 

 

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

ދިވެހިރާއްޖެ

                                                                                   ނަންބަރު: (IUL)469-A/469/2018/1                                                                

ޖީ.އައި.އެސް. ކޮންސަލްޓަންޓް

މިސެންޓަރާއިޔޫ.އެން.ޑީ.ޕީގެ އިން ކުރިއަށް ގެންދާ  "ސްކޭލިން އަޕް ދަ ނެޝަނަލް ކެޕޭސިޓީ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައި ގާއިމް ކުރެވޭ  ''އިންފޮރމޭޝަން ހަބް'' އަށް ބޭނުންވާ ޖިއޮގްރަފިކް އިންފޮރމޭޝަން ސިސްޓަމް (ޖީ.އައި.އެސް) ގެ މަސައްކަތްތައް ކުރުމަށްޓަކައި ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅަކަށކޮންސަލްޓަންސީ ހިދުމަތް ދިނުމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި ސެންޓަރުގެ ވެބްސައިޓުގައި  ވެބްސައިޓް www.ndmc.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، މިސެންޓަރަށް މިދެންނެވުނު ހިދުމަތް ދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 ފެބްރުއަރީ 19 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓއުރާގައި ބަންދުކޮށްފައި، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ސްކޭލިން އަޕް ދަ ނެޝަނަލް ކެޕޭސިޓީ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އިން ދަ މޯލްޑިވްސް ޕްރޮޖެކްޓް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3333406

އީމެއިލް އެޑްރެސް: [email protected]

 

13 ފެބުރުވަރީ 2018

13 ފެބުރުވަރީ 2018