ދިވެހިރާއްޖެ
އިޢުލާން
ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ތިރީގައި ބަޔާންކޮށްފައިވާ ޖިއޮގްރެފިކަލް ކޯޑިނޭޓްސް ހިމެނޭ ކ. އަތޮޅު "ހިއްކާފައިވާ ބިން" ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެ ބިން ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ އެ ބިމާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފިސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގާ އިޢުލާނުކުރީމެވެ.
- ކ. މާލެ އަތޮޅު "ހިއްކާފައިވާ ބިން" - ޖިއޮގްރެފިކަލް ކޯޑިނޭޓްސް 3°58'4.08”N, 73°26'44.41”E
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
25 ޖުމާދަލްއޫލާ 1439ހ
11 ފެބްރުއަރީ 2018މ