ވަޒީފާގެ ފުރުޞަތު
|
198-MJA-C/2018/01 :ނަންބަރު
|
ތާރީޚް: 29 ޖަނަވަރީ 2018
|
މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ރޭންކް: އެމްއެސް 01
|
ޢަދަދު
|
01
|
މަސައްކަތްކުރަންޖެހޭ ތަން
|
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ވިލިމާލެ
|
އަސާސީ މުސާރަ
|
-/5610 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
|
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާ އެކު، މަޤާމަށް ބޭނުން ވާ ދާއިރާއަކުން ޑިޕްލޮޕާ ޙާޞިލު ކޮށްފައި ވުން؛ ނުވަތަ
2- މަސައްކަތުގެ ފެންވަރުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގު ވާ މާކުހެއް ލިބެމުން ދިޔުމާ އެކު، GS4 ރޭންކުގައި މަދު ވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- ޗާންސެލަރުގެ ބިޔުރޯގެ އިދާރީ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމާއި، އެކަޑަމީގެ ތަންފީޒީ އިސް މުވައްޒަފުންނަށް އިދާރީ އަދި ސެކްރެޓޭރިއަލް އެހީތެރިކަން ދިނުމާއި، އެކަޑަމީގެ ޑިވިޜަންތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމުގައި ބިޔުރޯއިން ކުރާން ޖެހޭ މަސައްކަތްތައް ކުރުން.
- އެކަޑަމީގެ ރިސެޕްޝަނާއި އެންޓްރީ އާއި ޑިސްޕެޗުގެ ކަންކަން ބެލެހެއްޓުން.
- އެކަޑަމީގެ ފުލްޓައިމް އަދި ޕާރޓް ޓައިމް ލެކްޗަރާރުންނާއި މުދައްރިބުންގެ މައްޗަށް އެކުލެވޭ، އެކަޑަމިކް މެންބަރުންގެ ފެކަލްޓީއަށް ބޭނުން ވާ އިދާރީ އަދި ސެކްރެޓޭރިއަލް ޚިދުމަތް ދިނުން.
- އެކަޑަމީގެ މުވައްޒަފުންގެ ބައްދަލުވުމާއި ވެރީންގެ ބައްދަލުވުން ފަދަ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، އެ ބައްދަލުވުންތަކާ ބެހޭ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.
- ބިޔުރޯ އާއި ޑިވިޜަންތަކުގެ ދުވަހު ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ޑިވިޜަންތަކުގެ އިދާރީ މުވައްޒަފުންނާ ގުޅިގެން ކުރުމާއި، މި ޔައުމިއްޔާ ރެކޯޑުތައް އަހަރު ރިޕޯޓު ލިޔުމުގައި ދަތިކަމެއް ނެތި ބޭނުން ކުރެވޭ ގޮތަށް ބަރާބަރަށް ރައްކައުތެރި ކޮށް ބެލެހެއްޓުމާއި، އެކަޑަމީގެ އަހަރީ ރިޕޯޓު ލިޔުމާއި، އެ ރިޕޯޓު ފޮނުވާން ޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެކަޑަމީގެ ޔައުމިއްޔާތަކާއި އަހަރު ރިޕޯޓުތައް ރައްކައުތެރި ކޮށް އަރުޝީފު ކުރެވޭނޭ އިންތިޒާމު ހަމަޖެއްސުން.
- ކަމާބެހޭ ޑިވިޜަނުން ދެއްވާ މައުލޫމާތާ އެއްގޮތަށް، އެކަޑަމީގެ ޕްރޮގްރާމްތަކާ ގުޅޭ މީޑިޔާ ބްރީފް ތައްޔާރު ކުރުމާއި، ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު މީޑިޔާއަށް ދިނުމާއި، ޕްރޮގްރާމްތަކާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް ޓަކައި މީޑިޔާއިން ގުޅައިފި ހާލަތެއްގައި ކަމާބެހޭ ޑިވިޜަނުގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން މީޑިޔާއަށް އެ މައުލޫމާތު ދިނުމާއި، އެކަޑަމީގެ ޕްރޮގްރާމްތައް މީޑިޔާގައި ކަވަރު ކުރެވޭ ގޮތުގެ ރިކޯޑު ބެލެހެއްޓުން.
- އެކަޑަމީގެ ފަރާތުން ރާއްޖެއިން ބޭރުން ގެންނަ ނުވަތަ ރާއްޖެއިން އައްޔަން ކުރާ ކޮންސަލްޓަންޓުންގެ ތެރެއިން، ވަކި ޑިވިޜަނަކާ އެޓޭޗް ވެފައި ނުތިއްބަވާ ކޮންސަލްޓަންޓުންގެ ކަންކަން ބެލެހެއްޓުމާއި، އެ ބޭފުޅުންނަށް އަރުވާން ޖެހޭ މެހުމާންދާރީގެ ކަންކަން ކުރުމާއި، އެ ބޭފުޅުންނަށް ބޭނުންފުޅު ވާ އިދާރީ އަދި ސެކްރެޓޭރިއަލް އެހީތެރިކަން ދިނުން.
- އެކަޑަމީގެ ސެންޓްރަލް މެސެޖިންގ ސިސްޓަމް ބެލެހެއްޓުމާއި، އެ ސިސްޓަމުން އެކިއެކި ފަރާތްތަކަށް ފޮނުވާން ޖެހޭ މެސެޖުތައް ޗާންސެލަރު ލިޔުމުން ދެއްވާ ހުއްދަޔާ އެކު ފޮނުވުން.
- އެކަޑަމީގެ ވެބްސައިޓު ފަރުމާ ކުރުމުގެ ކަންކަން ކަމާބެހޭ ޑިވިޜަނަށް ދަންނަވައިގެން ކުރުމާއި، ވެބްސައިޓު އިތުރަށް ފުރިހަމަ ކޮށް ދިމާ ވާ އައިޓީއާ ގުޅުން ހުރި މައްސަލަތައް ކަމާބެހޭ ޑިވިޜަނަށް ދަންނަވައިގެން ހައްލު ކުރުމާއި، މައުލޫމާތާއި ޚަބަރު ޝާއިއު ކުރުމާ ބެހޭގޮތުން ހެދިފައި ހުންނަ އުސޫލުތަކާ އެއްގޮތަށް، ވެބްސައިޓުގައި ޝާއިއު ކުރާން ޖެހޭ މައުލޫމާތު ވެބްސައިޓަށް އަރުވައި ވެބްސައިޓު އަދާހަމަ ކޮށް ބެލެހެއްޓުމާއި، އެކަޑަމީގެ ހަރަކާތްތަކާ ބެހޭ ޚަބަރުތައް ލިޔެ ވެބްސައިޓަށް އެރުވުމާއި، ވެބްސައިޓު ތަރައްގީ ކޮށް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި ކަމާބެހޭ ޑިވިޜަނުގެ އެހީތެރިކަން ހޯދައިގެން އެ މަސައްކަތް ކުރުން.
|
މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
- ދަތުރު ކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތްތައް ކަމުގައިވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
|
ސުންގަޑި
|
08 ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިއެކަޑަމީގެ ރިސެޕްޝަނުންނާއި، މިއެކަޑަމީގެ ވެބްސައިޓް: www.judicialacademy.gov.mv އިން ލިބެން ހުންނާނެއެވެ.
- · މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3396880
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|