ދިވެހިރާއްޖެ
އިޢުލާން
ޔުނިވަރސިޓީގެ ލިފްޓު ސާރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ޔުނިވަރސިޓީގެ އިޢުލާން ނަންބަރު: 170BI/2018/06 އ (08 ޖަނަވަރީ 2018) އަށް މައުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް ބޭފުޅުން ހާޒިރު ވެފައިނުވާތީވެ، އެ އިޢުލާނު ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ޔުނިވަރސިޓީގައި ގާއިމްކުރެވިފައިވާ މިޓްސުބިޝީ (mitsubishi) ލިފްޓް ސާރވިސްކޮށް، މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 10:30 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 25 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: / 30221203022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.