ދެންނެވުން
ނަންބަރު: 198-A/2017/102
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 17:59
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މަސައްކަތް ނިންމަވާ ބިލް ހުށަހެޅުއްވުމަށް ދެންނެވުން.

އިޢުލާން

 

މަސައްކަތް ނިންމަވާ ބިލް ހުށަހެޅުއްވުމަށް ދެންނެވުން.

އެކި ފަރާތްތަކުން މި ޑިޕާޓްމަންޓަށް ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތްތަކާގުޅިގެން، އެ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އިންވޮއިސްތައް ހުށަހެޅުއްވުން ލަސްވުމުގެ ސަބަބުން، މި ޑިޕާޓްމަންޓުން އެފަރާތްތަކަށް ދައްކަންޖެހޭ ފައިސާދެއްކުމަށްޓަކައި ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ އެކަމާ ގުޅޭގޮތުން ދަންނަވަމެވެ.

2017 ވަނަ އަހަރުގެ ނިމުމަކާ ހަމައަށް އައިސްފައިވާއިރު، މި ޑިޕާޓްމަންޓުން ޕަރޗޭސް އޯޑަރ ފޮނުވައިގެން ޚިދުމަތާއި ތަކެތި ފޯރުކޮށްދެއްވާފައިވާ 103 ފަރާތަކުން މިއަދާ ހަމައަށް މި ޑިޕާޓްމަންޓަށް އިންވޮއިސް ހުށަހަޅުއްވާފައި ނުވާކަން ފާހަގަކުރަމެވެ.

 ވީމާ، ދަންނަވަމެވެ. މި ޑިޕާޓްމަންޓުގެ ފަރާތުން މަސައްކަތް ޙަވާލުކުރެވޭ ފަރާތްތަކުން ފޯރުކޮށްދެއްވާ ޚިދުމަތާއި ތަކެތި ފޯރުކޮށް ދެއްވުމަށްފަހު، ވީހާވެސް އަވަހަކަށް އެ ޚިދުމަތެއް ނުވަތަ މަސައްކަތެއްގެ އިންވޮއިސް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދެވުމަށް ދެންނެވީމެވެ.

09 ރަބީޢުލްއާޚިރު 1439 

27 ޑިސެމްބަރު   2017

27 ޑިސެންބަރު 2017