ޢާންމު މަޢުލޫމާތު
ނަންބަރު: L/GS-177/IU2017/12
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 18 ޑިސެންބަރު 2017 00:00
ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
Vazeefaage Furusathu

އިޢުލާން

މަޤާމް: ރިލީފް ޓީޗަރ  (ޕްރީސްކޫލް ޓީޗަރ)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: ތ.ކަނޑޫދޫ ސްކޫލު

މަޤާމުގެ ބާވަތް: ވަގުތީ (ކޮންޓްރެކްޓް 1 އަހަރު)

ބޭނުންވާ އަދަދު: 1

ސެކްޝަން: އެކަޑަމިކް

ޝަރުތު:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުތެއް ފުރިހަމަވުން.

 

ތަފްސީލް

މުސާރަ (މަހަކަށް)

ސަރވިސްއެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ ޓީޗަރުނަށް

4500 ރުފިޔާ

1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ ޓީޗަރުންނަށް

5500 ރުފިޔާ

1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވާ ޓީޗަރުން

6090 ރުފިޔާ

2500 ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތުތަށް:

-   އެލް. ކޭ. ޖީ ، ޔޫ. ކޭ. ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

-   ކިޔަވައިދިނުމަށް ރާވައި ކުރަންޖެހޭ އެންމެހާ ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

-   އެއްވެސްކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަން ދީގެން ދަރިވަރުން މުގައްރަރުގެ ފެންވަރަށް ގެނައުން.

-   ކިޔަވައި ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގަވާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައިހިފުން.

-   ކިޔަވައިދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުން ދިނުން.

-  ސްކޫލުގެ ތަޢުލީމީ ފެންވަރު ކުރިއެރުވުމާއެކު ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.   

-  ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަޅަންވާ ފިޔަވަޅުތައް އެޅުން.

- ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމްއޮފް ވާރކާއި ފިލާވަޅުތަކާއި ރިޕޯޓްފޮތްތައް ތައްޔާރުކުރުން.

- ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ސްކޫލާއި ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.

- ސްކޫލަކީ ސާފުތާހިރު، ދަރިވަރުންނަށް ހުރިހާ ގޮތަކުން ޙިމާޔަތްތެރިކަން ލިބިގެންވާ އުނގެނުމުގެ މާޙައުލެއް ގާއިމްކުރެވިފައިވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުން.

- ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

-ސްކޫލަކީ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްގުތައް ރައްކާތެރިކޮށް އަބުރު ހިފަހައްޓާ ތަނެއްކަމަށް ހެދުން.

- ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅުއްވާ ސުންސިކުންތައް ނިންމުން.

- ސްކޫލުން ހިންގާ ޕީޑީ (ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ) ޕްރޮގުރާމުގައި ފުރިހަމައަށް ބައިވެރިވުމާއި ކަމާގުޅޭ ފަރާތަކުން ކުރިޔަށްގެންދާ ވޯކްޝޮޕް ސެމިނަރ ފަދަ ކަންކަމުގައި% 95  އަށް ވުރެ މަދުނޫންމިންވަރަކަށް ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  ހާސިލްކޮއްފައިވާ ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- އިންޓަވިއުކޮއްގެން

 ނޯޓް: އާ މަންހަޖުގެ ފައުންޑޭޝަން ސްޓޭޖް އަށް ކިޔަވައިދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އިންޓަވިއުކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކާއެވެ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން 2017 ޑިސެމްބަރ 19 އާއި 26 އާއި ދެމެދު ކަނޑޫދޫ ސްކޫލު ގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މިދެންނެވި މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 ހުށަހަޅަންޖެހޭ ލިޔުންތަށް:

- ސިވިލް ސަރވިސް ވަޒީފާއަށް އެދޭފޯމު ، މި ފޯމު ސްކޫލުން ލިބެން ހުންނާނެއެވެ.

-  ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

-  ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ނަންބަރާއެކު)

 ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއޮފީހުގެ ނަންބަރު: 6785073، ފޯނަށް ގުޅުއްވުން އެދެމެވެ.

                                               18 ރަބީޢުލްއައްވަލް   1439

 06 ޑިސެމްބަރ     2017

 

 

07 ޑިސެންބަރު 2017