މަސައްކަތް
ނަންބަރު: 198-F/2017/95
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 29 ނޮވެންބަރު 2017 11:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިޑިޕާޓްމަންޓުގެ ތިރީގައި ދެންނެވިފައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި 198F/2017/94  ނަންބަރު ޢިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ފަރާތަކުން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ނޮވެންބަރު 29 ވާ ބުދަ ދުވަހުގެ 11:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ކޮންމެ ތަނަކަށް ވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.

- ޑްރަގް ކޯޓް

- ފެމިލީ ކޯޓް / ވަރި ކައިވެނި ސެކްޝަން

- ސިވިލް ކޯޓް / ހުޅުމާލެ ޑިވިޝަން

- ޖުޑީޝަލް އެކެޑެމީ / ވިލިމާލެ

 މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ރަބިޢުލްއައްވަލް 1439

26 ނޮވެންބަރު 2017