މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2017/129
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 20 ނޮވެންބަރު 2017 13:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ކ.މާފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ކ.މާފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް މިސަރވިސްގެ ނަމްބަރު: 171-H3(PU)/IUL/2017/110 އިޢުލާނުން ހުޅުވާލި ފުރުޞަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަށް ފުރިހަމަވެފައި ނުވާކަމަށް މި ސަރވިސްއަށް ފެންނާތީ، ދެންނެވިފައިވާ އިޢުލާނު ބާޠިލުކޮށް އެފުރުސަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލައިފީމެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން ކ.މާފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރު 20 ވާ ހޯމަ ދުވަހުގެ 13:00  އަށް ކ.މާފުށި ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 2017 ނޮވެމްބަރު 27 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

15 ނޮވެންބަރު 2017