ޢާންމު މަޢުލޫމާތު
ނަންބަރު: GS81(B)/IUL/2017/34
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 07:20
ސުންގަޑި: 26 ނޮވެންބަރު 2017 13:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުން

2018 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކެ) ހުރި ގެއެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ  ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައެޤުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެންބަރ 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް، ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު، 2017 ނޮވެންބަރ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް ސިޓީހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާގަޑިއަށް ޙާޟިރުވެ ލެއްވުމަށް އުޛުރުވެރިވެލައްވާ ބޭފުޅުން، 2017 ނޮވެންބަރ 26  ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރުއްވާ ހުށައަޅުއްވާ ސިޓީ ޤަބޫލު ކުރެވެންނޯންނާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

15 ނޮވެންބަރު 2017