ވަޒީފާގެ ފުރުޞަތު
ނަންބަރު: HR/I/2017/02
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 26 އޮކްޓޫބަރު 2017 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ނަންބަރު: HR/I/2017/02

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު 2

މުސާރަ

މަހަކު 6295.00  ރުފިޔާ

އެލަވަންސް

މަހަކު 2250.00  ރުފިޔާ

އޮފީސް

އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

މަޤާމުގެ ޝަރްޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުންދިވެހިރާއްޖޭގެގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5/4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ އެކިއެކި ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، އެބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން ފަދަ ކަންތައްތައް ބެލެހެއްޓުން.
  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  • މަޢުލޫމާތު ހޯދައިގެން، ކުންފުނީގެ ޔައުމިއްޔާ ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުން ތަމްރީނުކުރުމުގެ ކަންތައްތަކުގައި އެހީތެރިވުން.
  • މުވައްޒަފުންގެ މުސާރައިގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ކުންފުންޏަށް އެކި ފަރާތްތަކުން ފޮނުވާ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ކުންފުނީގެ އިދާރީ ގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓް ތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 26 އޮކްޓޯބަރު 2017 (ބުރާސްފަތި) ދުވަހުގެ ގެ 12:00 ގެ ކުރިން އީމެއިލް  ކުރަންވާނެއެވެ.
       

28 މުޙައްރަމް 1439

18 އޮކްޓޯބަރު 2017

22 އޮކްޓޫބަރު 2017