މަސައްކަތް
ނަންބަރު: (IUL)438-ENV/438/2017/203
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 07 ނޮވެންބަރު 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރު

އިޢުލާން

          އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލް އަގްވާމީ މުޢާހަދާ، މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ' ގެ ދަށުން، ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިހާރު ދިވެހިރާއްޖެއަށް އެތެރެކުރުން ކޮންޓްރޯލް ކުރަންފަށާފައިވާ އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް (ބްލެންޑްސް) 2018 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ކޯޓާގެ މިންވަރަކީ 22 (ބާވީސް) މެޓްރިކްޓަނެވެ. އަދި، މިއަދަދަށް ގޭސް އެތެރެކުރެވޭނީ 2018 ވަނަ އަހަރު އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމުގެ ޚާއްސަ ހުއްދަ ދެވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެކަންޏެވެ. 

         ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ. 

24 މުޙައްރަމް 1439

15 އޮކްޓޯބަރ 2017

16 އޮކްޓޫބަރު 2017