ވަޒީފާގެ ފުރުޞަތު
ނަންބަރު: C14-SM/IUL/2017/01
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 26 ސެޕްޓެންބަރު 2017 14:00
މާއުނގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

އިއުލާން

ވަޒީފާގެ ފުރުސަތު:

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.

 

މަޤާމް: އެޓެންޑެންޓް

މަޤާމްގެ ގިންތި: ދާއިމީ

މަގާމުގެ ނަންބަރު: J-255104

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް: އެސް.އެސް. 2

މުސާރަ: މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ރިސްކު އެލަވަންސް: -/100 ރުފިޔާ (މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް)

ޢިނާޔަތްތައް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 

ޑިވިޜަން/ ސެކްޝަން: ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން: ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު /ށ. މާއުނގޫދޫ

އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން: ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ޞިއްޙީ މަރުކަޒުގެ ވޯޑާއި ފާޚާނާ ތަކާއި ޑްރެސިންގ ރޫމާއި ލޭބަރ ރޫމާއި އަދިވެސް އެހެނިހެން ކްލިނިކަލް އޭރިއާތައް ސާފުކޮށް ބެލެހެއްޓުން.

-   ބަލިމީހުންނަށް ބޭނުންކުރެވޭ އެކިއެކި އާލާތްތައް ކޮންމެދުވަހަކު ދޮވެ ސާފުކުރުން.

-   އިންޖެކްޝަން ޖަހާ ކައްޓާއި ބޭނުންކުރެވޭ ތިލަފަދަތަކެތި ރައްކާތެރިކަމާއިއެކު އެތަކެއްޗައް ޙާއްޞަކުރެވިފައިވާ އެއްޗަކަށް އެޅުން.

-   ޞިއްޙީ މަރުކަޒުގައި ބޭނުންކުރެވޭ މައުދަނުގެ ތަކެތި (ކިޑްނީ ޓްރޭ، ކަތުރު، ފޯސެޕްސްފަދަ ތަކެތި) ދޮވެ ސްޓްރަލައިޒްކުރުން.

-   ލެބޯޓްރީގައި ޓެސްޓް ހެދުމަށް ބޭނުންކުރެވޭ ޓިއުބް ފަދަތަކެތި ދޮވެ ސާފުކުރުން.

-   ނަރުހުން އަންގާ އުސޫލެއްގެ މަތިން ޑްރެސިންގ ރޫމްގައި ބޭސސްއެޅުމަށް ބޭނުންކުރާ ކަފަ، ގޯޒް ފަދަތަކެތި އޮޓޮކްލޭވް ކުރުން.

-   ލޯންޑަރީ އެސިސްޓެންޓް ނެތިއްޖެ ހާލަތެއްގައި އެމަސައްކަތްކުރުން.

-   ޞިއްޙީ މަރުކަޒުގެ އެތެރޭގައި ބެހެއްޓިފްއިވާ ގަސްތައް ބެލެހެއްޓުން.

-   ބަންދު ގަޑީގައި ދިމާވާ އިމަޖެންސީ ކަންކަމުގައި ހިންގަވަން ހުންނަވާ ފަރާތައް އެހީތެރިވެ ދިނުން.

 

ތަޢުލީމާއި ތަޖުރިބާ:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

   2. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

   3. ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ސިއްޚަތެއްގައި ހުރި މީހެއްކަމުގައި ވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ؛

    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮއްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޔެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮއްފައިވާނަމަ ވަޒީފާ އަދާކުރި މުއެްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮއްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާން ކޮއް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން. 

 

ވަޒީފާއަށް އެދޭފޯމު ދޫކުރުމާއި ބަލައިގަތުން:

ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރު ފަހު 14:00 ށް ށ. މާއުނގޫދޫ ޞިއްޙީމަރުކަޒުން ލިބިލައްވާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، ށ. މާއުނގޫދޫ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަމްބަރަކީ، 6540592 ކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. 

 

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2017 ސެޕްޓެމްބަރ މަސްތެރޭގައި ށ. މާއުނގޫދޫ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

ޖުމްލަ އިންސައްތަ 25%

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540592 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ، 6540592 އެވެ. އަދި އީ-މެއިލް ކުރާނީ ކުރާނީ [email protected]  އަށެވެ.  

14 ސެޕްޓެމްބަރ 2017

 

14 ސެޕްޓެންބަރު 2017