ދިވެހިރާއްޖެ
ނަންބަރު:A)AC-2017/230)
އިޢުލާނު
މިކޮމިޝަނުގެ ނަންބަރު:A)AC-2017/226) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ފޯމު ލިބިފައި ނުވާތީ، އަލުން މި މަޤާމަށް އިޢުލާނު ކުރަމެވެ. |
|
މަޤާމް: |
އޮފިސަރ (ޖީ.އެސް 3) (ވަގުތީ) |
ބޭނުންވާ އަދަދު: |
06 (ހައެއް) |
ބޭސިކް މުސާރަ: |
މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/35 (ތިރީސް ފަސް ރުފިޔާ) |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް (1 މަސް ދުވަހުގެ މުއްދަތަށް) – ކޮންޓްރެކްޓުގެ މުއްދަތު ކަނޑައަޅާނީ މުވައްޒަފު ނެގުމަށްފަހު ހަވާލުކުރެވޭ މަސައްކަތަށް ބަލައި ކޮމިޝަނުން. އަދި، ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ. |
މަސައްކަތުގެ ވަގުތު: |
ޕާޓްޓައިމް- 2 ފަރާތުން އެއްބަސްވާ ގަޑިތަކެއްގައި މަސައްކަތް ކުރާގޮތަށް. |
ފެންވަރު ނުވަތަ ޝަރުޠު: |
1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ؛ 2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- ޢުމުރުން 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން. - ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން |
މަސްއޫލިއްޔަތު: |
- ސެކްޝަންގެ އިދާރީ މަސައްކަތްކުރުން. - އިންވެންޓްރީ މަސައްކަތުގައި އެހީތެރިވެދިނުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް – ކޮންޓްރެކްޓުގެ މުއްދަތު ކަނޑައަޅާނީ މުވައްޒަފު ނެގުމަށްފަހު ހަވާލުކުރެވޭ މަސައްކަތަށް ބަލައި ކޮމިޝަނުން. އަދި، ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ. |
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޯގަސްޓް 2017 ވަނަ ދުވަހުގެ 14:30 ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
|
އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު
ތަފްޞީލް |
މާކުސް |
ތަޢުލީމް |
40 މާކުސް |
މަސައްކަތު ތަޖުރިބާ |
20 މާކުސް |
އިންޓަރވިޔު |
40 މާކުސް |
ޖުމްލަ |
100 މާކުސް |
25 ޛުލްޤަޢިދާ 1438