ތަމްރީނު
ނަންބަރު: (IUL) 438/438/2017/172
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 30 އޮގަސްޓް 2017 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަތްތެރި މަސައްކަތްތަށް ދަސްކޮށްދިނުމަށް ސ. ހިތަދޫގައި ކުރިއަށް ގެންދެވޭ ތަމްރީން ޕޮރޮގްރާމްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

                                                ނަންބަރ:  IUL) 438/438/2017/172)

އިޢުލާން

އަތްތެރި މަސައްކަތްތަށް ދަސްކޮށްދިނުމަށް ސ. ހިތަދޫގައި ކުރިއަށް ގެންދެވޭ ތަމްރީން ޕޮރޮގްރާމްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

ތިރީގައި ބަޔާން ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން  މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ހަވާލުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމް ތަކެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން މެނޭޖްކޮށްގެން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅި އަދި ޗަސްބިން މެނޭޖްކުރުމުގެ ބަޔަކާއި، ކުނި މެނޭޖްކުރުމުގެ ބަޔަކާއި އަދި ފަރުތަކައް އަންނަ ބަދަލުތައް ދިރާސާކުރުމުގެ ބައެކެވެ. ދެމެހެއްޓެނިވި ގޮތުގައި ކުޅި އަދި ޗަސްބިން މެނޭޖްކުގުމުގެ ތެރެއިން ކުރެވޭ މުހިންމު އެއްކަމަކީ މިފަދަ ތަންތަނުން އާމްދަނީ ލިބިދާނެ މަގުތައް އާންމުންނަށް ދައްކައިދީ އެކަންކަން ކުރުމަށް އާންމުން ތަމްރީނުކުރުމެވެ.

މިގޮތުން މިޕްރޮގުރާމުތަކުގައި ކުޅި ފާ ޗަސްބިމުން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެން އެއްޗެތި ހެދިދާނެ ތަފާތު ގޮތްތައް ދަސްކޮށްދެވޭނެއެވެ.  އަދި މި ޕްރޮގްރާމުތަކުގައި މިތަކެތި ވިއްކާ މާކެޓް ކުރެވިދާނެ ގޮތްތަށްވެސް ކިޔަވާދެވޭނެއެވެ.

ކުރިއަށްގެންދަން ހަމަޖެހިފައިވާ ޕްރޮގުރާމްތަކަކީ:

  1. ރުކުފަތި ވިޔަން ދަސްކޮށްދޭ ކޯސް
  2. ސުވެނިއަރ ނުވަތަ އީދިގިލި ކިޅި އާއި ކޯއްޓޭ ސަރައްދަށް ޙާއްސަ، ފަތުރުވެރިންނަށް އަމާޒްކޮށްގެން އުފައްދާ ތަކެތި ދަސްކޮށްދޭ ކޯސް  

މި ޕޮރޮގުރާމުތަކުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 16 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • އައްޑޫގައި ދިރިއުޅޭ ރައްވެއްސަކަށްވުން

ކޯހުގެ މުއްދަތު:

11 ސެޕްޓެމްބަރު 2017 އިން 28 ސެޕްޓެމްބަރަށް 2017 އަށް (15 ދުވަސް)

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް

އެޕްލިކޭޝަން ފޯމް ލިބޭނީ:

  • އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ، މެދެ އާރި މަގު، މެދެ އަވަށް، ހިތަދޫ، ދިވެހިރާއްޖެ)

ހުށަހަޅަންޖެހޭ އޮފީސް:

  • އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ، މެދެ އާރި މަގު، މެދެ އަވަށް، ހިތަދޫ، ދިވެހިރާއްޖެ)

ސުންގަޑި:

  • ·         30 އޯގަސްޓް 2017، 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • 3018443 ގުޅުއްވުން އެދެމެވެ.

ކޮންމެ ކޯހެއްގައި ވެސް ގިނަވެގެން ބައިވެރިކުރުމަށް ނިންމާފައިވަނީ 15 ފަރާތެވެ. ވީމާ މަތީގައި ބަޔާން ކުރެވިފައިވާ ކޯސްތަކުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާނަމަ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 30 އޯގަސްޓް 2017 ގެ 14:00 ގެ ކުރިން އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް (ސިޓީ ކައުންސިލް އިދާރާ) އާއި ހަވާލު ކޮށްދެއްވުން އެދެމެވެ.

 

10 އޯގަސްޓު 2017

 

10 އޮގަސްޓް 2017