ވަޒީފާގެ ފުރުޞަތު
ނަންބަރު: MITDC/IUL/2017/0009
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 25 ޖުލައި 2017 14:00
މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

 

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

ނަންބަރު: MITDC/IUL/2017/0009

 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޕްރޮޕަޓީޒް މެނޭޖްމަންޓް އޮފިސަރ

ޑިޕާޓްމަންޓް / ސެކްޝަން:

ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

ދެ ފަރާތުން އެއްބަސްވެވޭ ގޮތަށް

މުއްދަތު:

6 މަސް ދުވަސް، އަދި 6 މަސް ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން އިތުރު ކުރެވޭ ގޮތަށް.

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މި ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ ޕްރޮޕަޓީޒްތައް ބެލެހެއްޓުމުގައި ގެންގުޅޭނެ އުސޫލުތަކާއި މިންގަނޑުތައް ކަންޑައެޅުމުގެ މަސައްކަތް.
  2. މި ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ތަރައްޤީކުރުމުގެ މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. މި ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ޕްރޮޕަޓީޒްތައް ބެލެހެއްޓުމުގައި ހިންގާ ޕްރޮޕަޓީޒްތައް ބެލެހެއްޓުމުގައި އިންވެސްޓަރުންނާއި، ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނާއެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުން.
  4. ޕްރޮޕަޓީޒްތައް މެއިންޓެއިން ކުރުމުގެ ކަންތައްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ޑިޕާޓްމަންޓްގެ މަސައްކަތާގުޅޭ ލިޔެކިޔުންތައް ފައިލުކޮށް އަޕްޑޭޓް ކުރުން.
  6. މި ކޯޕަރޭޝަނުން ކުރިއަށް ގެންދާ  މަޝްރޫއުތަކުގެ އިދާރީ ކަންތައްތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އާއި ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

25 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީސް، ވެލާނާގެ  5 ވަނަ ފަންގިފިލާއަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ. އދި އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ މިކޯޕަރޭޝަންގެ ނަންބަރު 3019911 އާއި ގުޅާލައްވާ. 

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓުން (www.mitdc.com.mv) ޑައުންލޯޑު ކުރެވޭނެއެވެ.

 

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔާނީ،  ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކެވެ.

 

25 ޝައްވާލު 1438ހ

19 ޖުލައި 2017