ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/I/2017/70
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 13:21
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

                                         

                                                                                  ނަންބަރު : 70 /IUL)202-L/1/2017)

 

                                   އިޢުލާން

                    އިއްޒުއްދީން މަގު ބޮޑުތަކުރުފާނުމަގުން ފެށިގެން އަމީނީމަގާ ދެމެދު ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވާތީ އެމަގުގެ މަސައްކަތް ނިމެންދެން އެމަގަށް ތިރީގައި މިވާ ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

1-   2017 ޖުލައި 8 އިން ފެށިގެން އިއްޒުއްދީން މަގު ބޮޑުތަކުރުފާނުމަގުން ފެށިގެން އަމީނީމަގާ ހަމަޔަށް ދެކުނުން އުތުރަށް ދުއްވާ ގޮތަށް ހަމަޖެއްސުން.

2-   2017 އޮގަސްޓް 8 އިން ފެށިގެން ތާރު އެޅުމުގެ މަސައްކަތް ނިމެންދެން އެސަރަހައްދުގެ މަގު ބަންދު ކުރުން.

      އެހެންކަމުން އުޅަނދު ދުއްވާ ފަރާތްތަކުން ޓްރެފިކް ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ދެންނެވީމެވެ.

                 ވީމާ، މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

                 15  ޝައްވާލް  1438

                 9  ޖުލައި    2017

07 ޖުލައި 2017