ދިވެހިރާއްޖެ
ޓެކްނިކަލް އެޑްވައިޒަރ
މިނަމާޓާ ކޮންވެންޝަނަކީ، މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޣްވާމީ ކޮންވެންޝަނެކެވެ. ދިވެހިރާއްޖޭން މި ކޮންވެންޝަން ތަސްދީޤުކޮށް ތަންފީޒުކުރުމަށް އެހީވުމުގެގޮތުން ކުރިޔަށްގެންދާ "ޑިވެލޮޕްމަންޓް އޮފް މިނަމާޓާ އިނިޝިއަލް އެސެސްމަންޓް އިން މޯލްޑިވްސް" މަޝްރޫޢުއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މި މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެދަށުން ހަދަންޖެހޭ "މިނަމާޓާ އިނިޝިއަލް އެސެސްމަންޓް" އާއި މި އެސެސްމަންޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ އިންޑިވިޑުއަލް ކޮންސަލްޓަންޓެކެވެ.
ހުށަހަޅަށްޖެހޭ ތަކެތި:
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
- މަސައްކަތްކޮށްދޭ އަގުގެ ޕްރޮޕޯސަލް (ފައިނޭންޝަލް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު/ ޕާސްޕޯޓު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
ސުންގަޑި
ޝަޢުޤުވެރިވާ ފަރާތްތަކުން 2017 ޖުލައި 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު +9603018306 ، 3018329+960
އިތުރު މަޢުލޫމާތު:
މި މިސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018306 ، 3018329 އަށް ގުޅުއްވުން އެދެމެވެ.
18 ޖޫން 2017